ads
އައިޖީއެމްއެޗްގެ ނަރުހެއް. ޑެންގީ ރިޕޯޓްކުރި މިންވަރު ދަށްވި ނަމަވެސް ބޭރަށް ހިންގުން ގިނަވި
ޑެންގީ ހުން އިތުރުވާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު އިތުރުވަމުންދާތީ މިކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފި އެވެ.
Advertisement

ވިއްސާރަވެ ފެން ހަރުލުމުގެ ސަބަބުން މަދިރި އާލާވާ މިންވަރު އިތުރުވަމުންދާތީ، މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އާންމުންނާއި ކައުންސިލުތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން ވަނީ އެދިފަ އެވެ.

އެޗްޕީއޭއިން ފާހަގަކުރާ ގޮތުގައި އެންމެ ގިނައިން މަދިރި އާލާވާކަމަށް ފާހަގަކުރެވެނީ ފެން އަޅާފައި ހުންނަ ފީފާއާއި ތާންގީގެ އިތުރުން އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި، ޓަޔަރާއި، ޕްލާސްޓިކް ހުސްފުޅި އަދި ދަޅު ފަދަ ތަކެތީގަ އެވެ. އެހެންކަމުން ގޭތެރެއާއި ގޯތިތެރޭގެ އިތުރުން ރަށުތެރޭގައި ފެން ހަރުލާ ގޮތަށް ހުންނަ ތަންތަން ބަލައި ފޮޅާ ސާފުކުރުމަކީ މުހިންމު ކަމެކެވެ.

ޑެންގީހުމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

• ހަށިގަނޑު ރަނގަޅަށް ނިވާވާނެހެން ހެދުން އެޅުން
• މަދިރި ލޯޝަން، ސްޕްރޭ ނުވަތަ ރެޕެލެންޓް ބޭނުންކުރުން
• ޑެންގީ ޖައްސާ "އީޑިސް" މަދިރި އާންމުކޮށް ހަފަނީ ދުވާލު ކަމަށްވުމާއެކު، ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
• ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ޤަވާއިދުން ސާފުކުރުން 

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި އެކަނިވެސް 2،183 މީހުންނަށް ޑެންގީ ހުން ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އަހަރުގެ މެދުތެރެއާ ހަމައަށް އައިއިރު މަހަކު ރިޕޯޓްކުރާ ކޭސްތަކުގެ އަދަދު 600 އިން މައްޗަށް އަރާފައިވާކަން ފާހަގަކުރެވެ އެވެ. މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް