ads
ބްރެޑް ޕިޓް
ޖޭމްސް ބޮންޑުގެ އާފިލްމުގައި ނުބައިބައި ރޯލު ކުޅުމަށް ބްރެޑް ޕިޓް ޝައުގުވެރިކަން ފާޅުކޮށްފި
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ބްރެޑް ޕިޓް، ކުރިއަށް އޮތް އާ ޖޭމްސް ބޮންޑް ފިލްމުގައި ނުބައިބައި ރޯލު ކުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
Advertisement

އާންމުކޮށް އޭނާ ކުޅޭ ކަހަލަ ރޯލުތަކާ ވަރަށް ތަފާތު ރޯލަކުން ފެނިލުމަށް ޝައުގުވެރިވާކަން ހާމަކުރަމުން ބްރެޑް ޕިޓް ބުނީ، ޖޭމްސް ބޮންޑް ފިލްމެއްގެ ނުބައިބައި ރޯލު ކުޅެން އޭނާ ވަރަށް ބޭނުންވާ ކަމަށެވެ.

ކުރިއަށް އޮތް ޖޭމްސް ބޮންޑް ފިލްމުގައި ޑަބަލް އޯ ސެވަން ނުވަތަ ޖޭމްސް ބޮންޑްގެ މައިގަނޑު ރޯލުން ފެނިގެންދާނީ އެކްޓަރު ރޮބަޓް ޕެޓިންސަންއެވެ. މި ފިލްމުގެ ލީޑު ރޯލަށް ރޮބަޓް ޕެޓިންސަން ހަމަޖައްސާފައިވާތީ ބްރެޑް ޕިޓް ވަނީ އެ ކަމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ.

މީގެ އިތުރުން، ބްރެޑް ޕިޓް ވަނީ މީގެ ކުރިން ނުކުތް ބޮންޑް ފިލްމު "ސްކައިފޯލް" ގައި އެކްޓަރު ހާވިއާ ބާޑެމް ކުޅުނު ނުބައިބައި ރޯލު ފާހަގަކޮށްފައެވެ. އެ ފިލްމުގައި ހާވިއާ ބާޑެމް އަދާކުރި ރައުލް ސިލްވާގެ ކެރެކްޓާއަށް އިޝާރާތްކުރަމުން ބްރެޑް ޕިޓް ބުނީ، އޭނާ ވެސް ކުޅެން ބޭނުންވަނީ ހަމަ އެފަދަ ނުބައިބައި ރޯލެއް ކަމަށެވެ.

މި ފިލްމުގެ ޑައިރެކްޓަރު ޑެނިސް ވިލެނުއޭވްއަށް ސީދާ މެސެޖެއް ދެމުން ބްރެޑް ޕިޓް ވަނީ ނުބައިބައި ރޯލަށް އޭނާ ނެގުމަށް އެދިފައެވެ. އެގޮތުން ޑައިރެކްޓަރު ޑެނިސް ވިލެނުއޭވްއާ މުހާތަބުކޮށް ބްރެޑް ޕިޓް ބުނީ "ނުބައިބައި ރޯލަށް އަހަރެން ނަގާ" ކަމަށެވެ.

ބްރެޑް ޕިޓް މިފަދަ ޝައުގުވެރިކަމެއް ފާޅުކޮށްފައި މިވަނީ އޭނާގެ ފިލްމީ ހަޔާތުގައި އާންމުކޮށް ފެންނަ ރޯލުތަކާ މުޅިން ތަފާތު ރޯލަކުން ފެނިލުމަށް ވިސްނަމުންދާ ދަނޑިވަޅެއްގައެވެ. އެހެންކަމުން، ޑެނިސް ވިލެނުއޭވް ޑައިރެކްޓްކުރާ އާ ޖޭމްސް ބޮންޑް ފިލްމުން ބްރެޑް ޕިޓަށް މި ފުރުސަތު ލިބިއްޖެނަމަ، ރޮބަޓް ޕެޓިންސަންއާ ދެކޮޅަށް ނުބައިބައި ރޯލުން އޭނާ ފެނިގެންދާނެއެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް