ads
ރައީސް ނަޝީދު
ދިވެހީންނަށް ލިބެންއޮތް ތަނަވަސްކަން ހުއްޓުވުމަކީ ހީލަތްތެރި ރޭވުމެއް: ނަޝީދު
"ޓަކާޓަކާ" ގޮވައިގެން ނުކުމެ، ދިވެހި އާންމު ރައްޔިތު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

"މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ނަމުގައި ރަސްމާލޭގައި ހިންގަން އުޅޭ މަަޝްރޫއާ ދެކޮޅަށް ހިންގާ ހަރަކާތުގައި އެމްޑީޕީން ބައިވެރިވާތީ އެކަމަށް ފާޑުވިދާޅުވެ، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ އަސްދަނޑިން ބޭރަށް ވިސްނުން ގެންދަން އުފެއްދި ޕާޓީއެއް ކަމަށެވެ. އެއީ ތަފާތު ސަގާފަތްތަކަށް ޖާގަދޭ، މިނިވަން ވިސްނުމުގެ ޕާޓީއެއް ކަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވި އެވެ.

ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީން އަބަދުވެސް ޤަބޫލުކުރަނީ ދިވެހި ރައްޔިތުން އެދެނީ ތަނަވަސްކަމާއި، އެއްވެސް ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމަކަށެވެ. އަދި ރައްޔިތުން އެދޭ މިފަދަ ތަރައްގީއާއި ތަނަވަސްކަން ހޯދައިދިނުމަކީ ޕާޓީގެ އަސާސީ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޓަކާ ޓަކާ ގޮވައިގެން، އާއްމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް. ރާއްޖެ ނިކަމެތިކަމުގައި ބާއްވަން ޖަހާ މަޅިއެއް،" އެކްސްގައި ކުރެއްވި ޕޯސްޓްގައި ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ދެކޭ ގޮތުގައި ރައްޔިތުން އެދެނީ ތަނަވަސްކަމަށާއި ހާސްކަމެއް ނެތް، ތާހިރު ދިރިއުޅުމަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އިޒްރޭލާ ގުޅުން އޮންނަ ޔޫއޭއީގެ މަހުޖަނު މުހައްމަދު އަލައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އެއްބަސްވުމަށް ފަހު، އެ މުއާމަލާތް ގާނޫނީ ގޮތުން ސައްހަ ކުރުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް އެއް ދިރާސާކުރުމުގެ މަސައްކަތް، މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން މިހާރު ވަނީ ފަށާފަ އެވެ. 

ނަމަވެސް އިދިކޮޅުން އަންނަނީ ރަސްމާލެ ވިއްކާލުމާ ދެކޮޅަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދިވެހިންގެ ބިން ދިވެހިންނަށް ގައުމީ ހަރަކާތުން މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމުގައިވެސް ބައެއް ސިޔާީ ޕާޓީތަކުން އަންނަނީ ބައިވެރިވަމުން ނެވެ.

އެމްޑީޕީން ރަސްމާލެ ވިއްކާލުމާ ދެކޮޅުކަން ރަސްމީކޮށް ނިންމާފައިވީ ނަމަވެސް، އެ ޕާޓީގެ ޗެއާޕާސަން ނަޝީދު ދަނީ އެ ޑީލަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ މެޖޯރިޓީ މެންބަރުން ޑީލާ ދެކޮޅެވެ. 

ދައުލަތުގެ ފައިސާއިން ފުށިދިއްގަރުފަޅު ހިއްކައިގެން ހަދަމުން އަންނަ ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ކޮމާޝަލް ޓާމްސްގައި ސޮއި ކުރީ ސެޕްޓެމްބަރު 21، ގަ އެވެ. އެ ޕްރޮޖެކްޓުގެ ދާއިމީ އެގްރިމެންޓުގައި ސޮއި ކުރުން ހުއްޓާލިކަން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ދާއިމީ އެއްބަސްވުމުގައި މި ނޮވެމްބަރު މަހު ސޮއިކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް