މި ކޭމްޕުގައި ހިދުމަތް ދޭނީ އޮޕަރޭޝަނަށް ފަރުވާއަށް ހާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭ ގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމަކުންނެވެ.
މި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނަކީ:
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، އޮޕަރޭޝަންތައް ހިންގާނީ ކުދިންނަށް ހިތްހަމަޖެހޭނެ ގޮތަށް ހާއްސަކޮށްފައިވާ މާހައުލެއްގައި ކަމަށާއި މި ކޭމްޕަކީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭނެ އަދި ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.
ހިތާނީ ކޭމްޕް ނުވަތަ ޕްރޮސީޖާތައް ކުރިއަށް ގެންދާނީ އަންނަ ޑިސެމްބަރު މަހުގެ 12 އިން އަންނަ އަހަރުގެ ޖެނުއަރީ 11 ވަނަ ދުވަހާ ދެމެދުގަ އެވެ.