މިދިޔަ ތިން އަހަރު ސަރުކާރުން ހޯދި ކާމިޔާބީތަކުގެ ވާހަކަތައް ދައްކަވަމުން ރައީސް މުއިއްޒު ވީދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ސަރުކާރުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަމަށެވެ.
އެގޮތުން މި ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގައި އުޅޭ ބިދޭސިންގެ އަދަދުވެސް އުލެނީ ކޮންބައެއްކަންވެސް ނޭގޭކަމަށެވެ. އެހެންނަމަވެސް ބިދޭސީންގެ މައްސައްލަ ހައްލުކުރަން މި ސަރުކާރުން ފެށި މަސައްކަތުން ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ދިހަ އިނގިލީގެ ނިޝާނާ ނަގާ އެއީ ކޮންބައެއްކަން މިހާރު ދެނެގަނެވިފައިވާކަމަށެވެ. އަދި އީ މުޅި ދުނިޔޭގެ ނިސްބަތުން ވެސް އެންމެ އެއް އިންސައްތަ ގައުމަށް ނޫނީ ހާސިލުކުރެވިފައި ނުވާފަދަ ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ބިދޭސީންގެ ތެރެއިން ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 13،000 ވުރެ ގިނަ ބިދޭސީން މިހާރު ޑީޕޯޓްކޮށްލާފައިވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ.