ads
ސަރުކާރުން މިދިޔަ 3 އަހަރު ކުރި މަސައްކަތްތައް ހިމެނޭ ފޮތް ރައިސް މުއިއްޒު ނެރެދެއްވަނީ
ސަރުކާރުން މި ތިން އަހަރުކުރި މަސައްކަތްތައް އެނގޭނެ ފޮތެއް ނެރެފި
މި ސަރުކާރުން މި ތިން އަހަރުކުރި މަސައްކަތްތައް އެނގޭނެ ފޮތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރެ ދެއްވައިފި އެވެ.
Advertisement

ރައީސް މުއިއްޒު މި ފޮތް ނެރެދެއްވީ މި ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ މި ފޮތް މިހާރު ޑައުންލޯޑްކޮށް ބަލާލެވޭނެކަމަށެވެ. އަދި ވަރަށް އަވަހަށް ޗާފުކޮށްގެން މި ފޮތް ނެރޭނެކަމަށްވެސް ރައީސް މުއިއްޒު މިރޭ ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މިދިޔަ އަހަރު މި ސަރުކާރުން ކުރި ކަންކަން ކިޔާދޭން މިރޭ ފަށައިފިނަމަ މިރޭ ފަތިސްވާ އިރުވެސް ނުނިމޭނެކަމަށެވެ. އަދި މިިދިޔަ ތިން އަހަރު ދުވަހު ކުރި މަސައްކަތް ކިޔާ ދިނުމަށް އެތައް ވަގުތެއް ހޭދަ ވާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ. 

އެހެންކަމުން މިދިޔަ 156 ހަފްތާގައި ކުރި މަސައްކަތް ފޮތެއްގެ ސިފައިގައި ނެރެފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް