ads
އާންމު އުނދަގުލަކަށްވި ފައިރިޝް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މީހުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިމިނަލްކޯޓުން އަމުރުކޮށްފި އެެވެ.
Advertisement

ފުލުހުން އޭނާގެ މައްޗަށް ކުރަނީ ބިރު ދައްކާ އިންޒާރު ދިނުމުގެ ތުހުމަތެވެ. 

މާލޭގައި ތަކުރާރުކޮށް މީހުންނަށް ގޯނާތަކާއި އުނދަގޫތައް ކުރަމުންދާތީ ފައިރިޝް މިދިޔަ މަހުގެ 17 ވަނަދުވަހު ހައްޔަރުކޮށް ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހި އެވެ. 

އޭގެ ފަހުން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހިންމަފުށީގައި ހިންގާ މަރުކަޒުގައި އޭނާ ބަހައްޓާފައި ހުއްޓާ އޭނާ އެތަނުން ފިލި އެވެ. ފިލައިގެން އުޅެނިކޮށް ފުލުހުން އޭނާ ހައްޔަރުކުރީ ހިންމަފުށިން މާލެ އައިސް މާލޭތެރޭގައި އުޅެނިކޮށެވެ. 

މި މީހާ ހައްޔަރުކުރީ އޭނާ މީހުންނަށް އުނދަގޫކުރާ މައްސަލަ ހައްލުނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަން ފެށުމުންނެވެ. ހެންވޭރު ޕޮލިހާއި އެތަނުގެ ބޭރުގައި ސައީދު ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު އޭނާ ނިންމާލީ ހަޅުތާލުގައި ހުންނަތާ 35 ގަޑިއިރަށްފަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް