ads
މާލޭ ކޯޓް ކޮންޕްލެކްސް އިމާރާތުގެ ބިންގާ އެޅުމުގެ ތެރެއިން
ހުޅުމާލޭގައި އަޅާ މާލޭ ކޯޓް ކޮންޕްލެކްސް އިމާރާތުގެ ބިންގާ އަޅައިފި
ހުޅުމާލޭގައި އަޅާ މާލޭ ކޯޓް ކޮންޕްލެކްސް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
Advertisement

މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ އުއްތަމަފަނޑިޔާރު އަބްދުލްގަނީ މުހްއްމަދުއެވެ. އަދި އުއްތަމަފަނޑިޔާރުގެ އަރިހުގައި މިނިސްޓަރު ޑރ. އްބްދުﷲ މުއްތަލިބް، ބަންޑާރަނައިބު އަހްމަދު އުޝާމް، ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކް އަދި އެމްޓީސީސީގެ އެމްޑީ އަހްމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

14 ފަންގިފިލާގެ މި ކޯޓް ކޮމްޕެލެކްސް ގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. 29،490 އަކަފޫޓުގެ ބިމެއްގައި އަޅާ މި އިމާރާތުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން މި ކޮމްޕުލެކްސްގައި ކްރިމިނިލް ކޯޓް، ސިވިލް ކޯޓް، ފެމިލީ ކޯޓް، ޑްރަގް ކޯޓް، ޖުވެނައިލް ކޯޓް އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމަށް ބޭނުންވާ ޖާގަ ތަރައްޤީކުރެވިގެންދާނެކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް