ސާފިން ސްޓޭޑިއަމްގެ މަސައްކަތް ހިނގާތަނުގެ ފޮޓޯއަކާއި އެކު އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ރައީސް މުއިއްޒު ވިދާޅުވީ ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ސާފް ކުރާ މީހުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް އެތަނުގެ މަސައްކަތް ނިންމާނެ ކަމަށެވެ.
މީގެއިތުރުން އެހެނިހެން ކުޅިވަރުތަކާ ގުޅުންހުރި ވަސީލަތްތައް ޤާއިމުކުރުމުގެ މަޝްރޫއުތައް ވެސް މިހާރު ވަރަށް ބާރަށް، ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސާފިންގ ސްޓޭޑިއަމް އެންމެ ފުރަތަމަ އެޅުމަށް ހަވާލުކުރީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިންގ އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާއެވެ. އެހެންނަމަވެސް އެ ކުންފުންޏަށް އެ މަސައްކަތަށް ބޭނުންވާ ފައިސާ ތިން މަސް ފާއިތުވެގެން ދިޔައިރުވެސް ހަމަ ނުޖެހުމުން އެ ކުންފުނިން ވަނީ އެ މަސައްކަތް ދޫކޮށްލާފަ އެވެ.
މިހާރު މި މަޝްރޫޢު ކުރިއަށް ގެންދަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ "އޮމެންޓޯ" އާ ޙަވާލުކޮށްގެންނެވެ. އެ ކުންފުނިން ވެސް މި ސްޓޭޑިއަމްގެ މަސައްކަތް ކުރަމުން އަންނަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.