ads
މާލޭގައި އަޅާ ތިންވަނަ ވަގުފް އިމާރާތުގެ ކުރެހުން
މާލޭގައި އަޅާ ތިންވަނަ ވަގުފް އިމާރާތުގެ ކުރެހުން ދައްކާލައިފި
މާލޭގައި އަޅަން ނިންމާފައިވާ އިިތުރު ވަޤްފް އިމާރާތެއްގެ ކުރެހުން އިސްލާމިކް މިނިސްޓްރީން ދައްކާލައިފި އެވެ.
Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ މީ  ޤުރްއާނާބެހޭ ވަޤްފް ބިލްޑިން އެއްކަމަށެވެ. އަދި 15 ބުރިއަސް ހަދާ މި އިމާރާތަށް ދީފައިވާ ނަމަކީ "ދާރުއްނޫރު" ކަމަށް  އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.

މާލޭޭ ސަރަހައްދުގައި މިހާރުވެސް ވަޤްފް ދެ އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ. މި ދެ އިމާރާތުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، (އާރުއާރުސީ) އެވެ. އެއީ މާލޭގައި އިމާރާތްކުރަމުން އަންނަ "ދާރުލް އަރްޤަމް" އާއި ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ "ދާރުލް ސަލާމް" އެވެ. މި ދެ ތަނަކީވެސް 12 ފަންގިފިލާގެ ދެ އިމާރާތެވެ.   

މީގެއިތުރުން އައްޑޫ ސިޓީގައިވެސް ވަޤްފް އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް