ads
އޭއައި މެދުވެރިކޮށް ދަތުރުތައް ރާވައިދޭ އާ ފީޗާއެއް ގޫގަލް މެޕްސްއަށް
އޭއައި މެދުވެރިކޮށް ދަތުރުތައް ރާވައިދޭ އާ ފީޗާއެއް ގޫގަލް މެޕްސްއަށް
މުޅި ދުނިޔޭގައިވެސް އެންމެ ގިނަ މީހުން ދަތުރުފަތުރުކުރުމަށާއި މަގުތައް ހޯދުމަށް ބޭނުންކުރާ ގޫގަލް މެޕްސްއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. ގޫގަލްއިން އަލަށް ތައާރަފުކުރި މި އޭއައި ފީޗަރުތަކާއެކު، ދަތުރުފަތުރު ރޭވުމާއި މަގުތައް ހޯދުމުގެ ހިދުމަތްތަކަށް ވަނީ އިތުރު ފުރިހަމަކަމެއް ލިބިގެން ގޮސްފައެވެ.
Advertisement

މި އާ ފީޗަރުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ދަތުރުކުރާ މަންޒިލްތަކަށް ބަލައި ދުވަހުން ދުވަހަށް ދަތުރުގެ ޕްލޭން ނުވަތަ އިޓިނަރަރީ އަމިއްލައަށް ތައްޔާރުކޮށްދިނުމެވެ. މީގެ އިތުރުން، ވަގުތުން ވަގުތަށް މަގުދައްކައިދޭ ރިއަލް-ޓައިމް ނެވިގޭޝަންގެ ހިދުމަތާއި، އެ ސަރަހައްދެއްގެ އެންމެ ފާހަގަކޮށްލެވޭ ކަންކަމާއި ހާއްސަ މައުލޫމާތުތައް ނުވަތަ އިންސައިޑަރ ރެކޮމެންޑޭޝަންސްވެސް މި ފީޗާގެ މެދުވެރިކޮށް ބޭނުންކުރާފަރާތްތަކަށް ފޯރުކޮށްދެއެވެ.

މި އޭއައި ވަސީލަތުގެ ސަބަބުން އުނދަގޫ އަދި ގިނަ ކަންތައްތަކެއް އެކުލެވޭ ބޮޑެތި ދަތުރުތައް ރޭވުމަށް ބޭނުންކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި ދަތުރު ކުރަމުންދާ ވަގުތު، އަމިއްލަ ލައިވް ރޫޓްސް ނުވަތަ ވަގުތުން ދަތުރުކުރާ މަގުތައް ސީދާ ރައްޓެހިންނާއެކު ހިއްސާކޮށްލުމުގެ ފުރުސަތުވެސް ގޫގަލް މެޕްސް ބޭނުންކުރާ މީހުންނަށް މިހާރު ވަނީ ހުޅުވާލެވިފައެވެ.

ގޫގަލްއިން ގެނެސްދިން މި އާ ބަދަލުތަކާއެކު، ގޫގަލް މެޕްސް ބޭނުންކުރާ ފަރާތްތަކަށް ދަތުރުފަތުރުގެ ކަންކަން ކުރިއަށްވުރެ ފަސޭހައިން އަދި ހަރުދަނާކޮށް އިންތިޒާމުކޮށްލެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް