ads
މި އަމާޒަށް ވާސިލުވުމަށްޓަކައި، މިފަހަރުގެ ދުވުމުގައިވެސް ދުވުންތެރިންނަށް ފެން ފޯރުކޮށްދޭ ސްޓޭޝަންތަކުގައި ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ ކަރުދާސް ތަށީގައި
ދިރާގު މޯލްޑިވްސް ރޯޑް ރޭސްގައި ޕްލާސްޓިކް ބޭނުން ނުކުރަން އެދިއްޖެ
އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" (ޑީއެމްއާރްއާރް) ގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް ދިރާގުން އިލްތިމާސްކޮށްފި އެވެ.
Advertisement

ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށްް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 2019 ވަނަ އަހަރުން ފެށިގެން މި ދުވުމަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަނާކޮށްފައިވާ ހަރަކާތެކެވެ. މިއީ ޑީއެމްއާރްއާރް މެދުވެރިކޮށް ތިމާވެއްޓާ ރައްޓެހި އާދަތަކަށް އާންމުން އަހުލުވެރިކުރުވުމުގެ މަގުސަދުގައި އެޅި މުހިންމު ފިޔަވަޅެކެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި، މިފަހަރުގެ ދުވުމުގައިވެސް ދުވުންތެރިންނަށް ފެން ފޯރުކޮށްދޭ ސްޓޭޝަންތަކުގައި ފެން ދޫކުރުމަށް ހަމަޖެހިފައިވަނީ ކަރުދާސް ތަށީގައި ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ފުޅީގެ ބަދަލުގައި، ރީ-ޔޫސް ކުރެވޭ ފެންފުޅި ގެންގުޅުމަށް ހުރިހާ ދުވުންތެރިންނަށްވެސް ދިރާގުން ވަނީ ބާރުއަޅާފަ އެވެ.

ދިރާގުން ބުނި ގޮތުގައި، މި އިސްނެގުމުގެ ސަބަބުން ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 18،000 ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓުވައިދެ އެވެ. މިއީ ރާއްޖޭގެ ނާޒުކު ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށާއި ޕްލާސްޓިކް ކުނި މަދުކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވެގެން ގޮސްފައިވަނީ، މިފަދަ ބޮޑެތި އިވެންޓްތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވިދާނެކަން ސާބިތުކޮށްދީފައިވާ ކާމިޔާބު ހަރަކާތަކަށެވެ. މި އަހަރުގެ ދުވުމުގައި 5،600އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާ އިރު، ޕްލާސްޓިކް ބޭނުންނުކޮށް ތިމާވެއްޓާ ރައްޓެހި ގޮތްތައް އިހްތިޔާރުކުރުމަށް ހުރިހާ ބައިވެރިންނަށް ވެސް ދިރާގުން ވަނީ ދައުވަތު ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް