އެމްޓީސީސީން ބުނި ގޮތުގައި ކޮންފަރެންސްގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައި ލީޑަޝިޕާއި ހިންގުންތެރިކަމާ ޒަމާނީ ބަދަލުތަކަށް ހޭނުމާ ގުޅޭ ގޮތުން އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ފުންނާބު އުސް ކީނޯޓް ސްޕީކަރުން މައުލޫމާތު ދެއްވި އެވެ.
ކުންފުނީގެ އެކި ދާއިރާތަކުގެ 140 އަށްވުރެ ގިނަ ލީޑަރުން ބައިވެރިވި މި ކޮންފަރެންސްގައި ވާހަކަދެއްކެވި ކީނޯޓް ސްޕީކަރުންގެ ތެރޭގައި ތަޖުރިބާކާރު އެގްޒެކެޓިވް ކޯޗް ހުސައިން އަފީފާއި ސިންގަޕޫރުގެ ކޯއެން ޓޭން އާއި ސިންތިއާ ޒައިއާއި ލަރިއްސާ މާމަން ހިމެނެ އެވެ.
އެމްޓީސީސީން މިއަދު ބުނި ގޮތުގައި އެ ޕްރޮގްރާމް ތައާރަފްކުރީ ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި "ލީޑަޝިޕް ކޮންފަރެންސް 2026" ގަ އެވެ. ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށް ފަހު ދެއްކެވި ވާހަކަގައިގައި އެމްޓީސީސީގެ މުަވައްޒަފުންނަށް ސައުދީ އިލްތިމާސްކުރެއްވީ އަބަދުވެސް ޕޮޒިޓިވް ވިސްނުމެއްގައި މަސައްކަތްކުރުމަށެވެ.