އެ ކޮމިޝަނުން ބުނީ ނޫސް މަޖަލައްލާ ރަޖިސްޓްރީކުރުމުގެ ގަވައިދުގެ ދަށުން ނޫހަކަށް ނުވަތަ މަޖައްލާއަކަށް ކިޔާ ނަމަކީ ދިވެހިރާއްޖޭގެ މީޑިއާއަކުން އަމިއްލައަށް އުފައްދައިގެން ހިންގާ މަޝްހޫރު ޕްރޮގްރާމެއް ނުވަތަ ކޮލަމެއްގެ ނަމަކަށް ވެގެންނުވާނެ އެވެ.
ނޫސްމަޖައްލާ ރަޖިސްޓަރީ ކުރުމަށް މި ކޮމިޝަނަށް އެކި ފަރާތްތަކުން ހުށަހަޅާ ހުށެހެޅުންތަކާއި ގުޅިގެން، އެ ނޫސް. މަޖައްލާތަކުގެ ނަން ފާސްކުރުމަށް ދިވެހިރާއްޖޭގައި ހިދުމަތްދޭ މީޑިއާ އައުޓްލެޓްތަކުން އުފައްދަމުން ގެންދާ ޕްރޮގްރާމްތަކުގެ ދަފްތަރެއް އެކުލަވާލަން ކޮމިޝަނުން ބޭނުންވާކަމަށް އެމްއެމްބީސީ ބުނެ އެވެ.
އެހެންކަމުން އުފެއްދުންތަށް އުފައްދައި ޝާއިއުކުރާނަމަ. އެ ޕާރޮގްރާމްތަކުގެ ނަންތައް މިމަހުގެ 22 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އެ ނަންތައް ކޮމިޝަނަށް އެންގުމަށް ވަނީ އެދިފަ އެވެ.