ads
ދިޔަވެ އަޑިޔަށް ދިޔަ ސަފާރީ ދޯނި ސަލާމަތްކުރަން މަސައްކަތް ކުރަނިކޮށް ގެއްލުނު ތިން މީހުން
ހުވަދޫ ކަނޑަށް ގެއްލުނު ސިފައިންގެ މީހާގެ ހަނދާނުގައި މިސްކިތެއް ބިނާކުރަނީ
ދިޔަވެ އަޑިޔަށް ދިޔަ ސަފާރީ ދޯނި ސަލާމަތްކުރަން އުޅެނިކޮށްހުވަދޫ ކަނޑަށް ގެއްލުނު 3 މީހުންގެ ތެެރޭގައި ހިމނޭ ސިފައިންގެ އޮފިސަރު ސްޓާޕް ސާޖެންޓް އިބްރާހިމް އަހުމަދު ހަނދާނުގައި މިސްކިތެއް ބިނާކުރަން ނިންމައިފި އެވެ.
Advertisement

ގދ. ތިނަދޫގައި ފުޓްސަލް މުބާރާތުން ހިންގާ "ލޮކާސް" އިން އެފްބީގައި ކުރި ޕޯސްޓެއްގައި ބުނީ އިބްރާހިމް އަހުމަދުގެ ހަނދާނުގައި ބިނާކުރާ މިސްކިތަކީ، އޭނާގެ ރަނގަޅު ހަނދާންތައް އާކޮށް، އަންނަން އޮތް ޖީލުތަކަށް އެއިން ފައިދާކުރާނެ ކަމެއް ކުރަން ކުރާ ކަމެއް ކަމަށެވެ. 

މި މިސްކިތް ބިނާކުރަން ނިންމާފައިވަނީ ބަންގަލަދޭޝް ގައެވެ. 120 މީހުންގެ ޖާގައިގެ މިސްކިތް ބިނާކުރަން 300،000ރ. ހަރަދުވާނެ ކަމަށް "ލޮކާސް" ބުނެ އެވެ. އެހެންކަމުން އެކަމަށް އާއްމުން އެހީވުމަށް އެ ޖަމިއްޔައިން ވަނީ ހުޅުވާލާފަ އެވެ. 

މިމަހުގެ 5 ވަނަ ދުވަހުގެ ރޭ  ހިލަ އާއި ހިލަވެލި ބަރުކޮށްގެން ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ދޯނި ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނިކޮށް އިބްރާހިމް އަހުމަދު ގެ އިތުރުން ދެން ގެއްލިފައިވަނީ އެ ދޯނީގެ ކައްޕި ތ. މަޑިފުށި ދޮންވެލި، މުހައްމަދު ހަމްދޫނާއި ޕޮލިސް ސާޖަންޓް އަލީ ނާފިއު އެވެ.  

އެ މީހުން ހޯދަން ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. 

ހުވަދޫ ކަނޑަށް މި ދޯނި ފެތިފައިވާ ސަރަޙައްދު 1600 މީޓަރަށް ވުރެ ފުންވާނެކަމަށް ބެލެވޭކަމަށާއި މިއީ އިންސާނުންނަށް ޑައިވިން ކޮށްގެންދެވޭ ފުންމިނެއް ނޫންކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އަދި މިއީ ބޭރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފްއިން ވަނި ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް