މި އެޑިޝަންގައި އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގުގެ ޚާއްސަ މެސެޖެއް ހިމަނާފައިވާއިރު، މެރިޓައިމް ދާއިރާގެ ފާހަގަކޮށްލެވޭ ފަންނީ މާހިރުން މި ސިނާއަތާ ގުޅުންހުރި މުހިންމު އެކި މައުލޫއުތަކަށް ލިޔުއްވާފައިވާ އަގުހުރި ލިޔުންތައް ވެސް ވަނީ ހިމަނައިފަ އެވެ.
އެ ގޮތުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިންގާ މަސްތުވާތަކެތީގެ ވަގުފާރި އާއި އިންސާނީ ވަގުފާރީގެ ހާލަތާ ގުޅޭ ތަފުސީލީ ލިޔުންތަކާއި އިންފޯގްރެފިކްސް މި އަދަދުގައި ހިމެނެ އެވެ. އަދި ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި ހަރަކާތްތެރިވި ބޭރުގެ މަސްވެރި އުޅަނދުފަހަރުގެ ތަފާސްހިސާބުތައް ވެސް "އުޅަނދު" ގެ މި އެޑިޝަންގައި ވަނީ ހިމަނައިފަ އެވެ.
މީގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިންގާ ކަނޑުފޭރުމާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ ފޭރުމުގެ އަމަލުތަކުގެ މިހާރުގެ ހާލަތުގެ އިތުރުން، ރާއްޖެ އާއި ރާއްޖެ ކައިރި ސަރަހައްދުތަކުގައި މި ފަހުން ހިނގާފައިވާ ކަނޑުމަތީގެ މުހިންމު ހާދިސާތަކަށް ވެސް މި އެޑިޝަންގައި އަލިއަޅުވާލާފައިވެ އެވެ.