ބޮލިދުއްފަރުގައި އިހްތިޖާޖުކުރި ބިދޭސީންނަކީ އެތަނުގައި ބިން ހިއްކައިގެން ރިސޯޓެއް ހެދުމުގެ މަސައްކަތުގައި ގެންގުޅުނު ބިދޭސީންނެވެ. ބޮލިދުއްފަރު ފަޅުން 34 ހެކްޓަރުގެ ސަރަހައްދެއް ހިއްކައިގެން ރިސޯޓެއް ހަދަނީ ދުބާއީގެ ޑަމަކްސް ޕްރޮޕަޓީސް އިންނެވެ. އެތަނުގެ ކޮންސްޓްރަކްޝަން މަސައްކަތް ހަވާލުކޮށްފައި ދިވެހި ކުންފުންޏެއް ކަމަށްވާ އައިމާ ކޮންސްޓްރަކްޝަނާ އެވެ.
މުޒާހަރާކުރި ބިދޭސީން ބުނަމުން ދިޔައީ އެމީހުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސްތަކެެއް ވެފައިވާކަމަށެވެ. އަދި ލިބުނު ފައިސާއިން ގައުމަށް ޑޮލަރު ފޮނުވުމުގައި ވެސް ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރި ބިދޭސީން ފުލުހުން ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ. އަދި އެމީހުންގެ މައްޗަށްކުރީ ގާނޫނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތެވެ.
ފުލުހުން ހައްޔަރުކޮށް މިދިޔަމަހުގެ 30 ވަނަ ދުވަހު އިމިގްރޭޝަނާއި ހަވާލުކުރި 21 ބިދޭސީއަކުން މިހާތު ވަނީ ޑީޕޯޓްކޮށްލާފައެވެ. އެގޮތުން މިހާތަނަށް 21 މީހަކު ރާއްޖެއަށް ނާދެވޭ ގޮތަށް ވަނީ ފޮނުވާލާފަ އެވެ.