ads
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން
ތަރައްގީގެ ފޮނިކަން ލިބެނީ ސިކުނޑިތައް ހެޔޮގޮތުގައި ބިނާކުރެވިގެން: ހީނާ
ގައުމެއްގައި ތަރައްޤީއާއި ކުރިއެރުމުގެ ތެރެއިން ރައްޔިތުންނަށް އޭގެ ހަގީގީ ފޮނިމީރުކަން ލިބެނީ އެ ގައުމެއްގެ އިންސާނީ ސިކުނޑިތައްވެސް އޭގެ އެންމެ ހެޔޮގޮތުގައި ބިނާކުރެވިގެން ކަމަށް ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
Advertisement

ހުރަވީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ހީނާ ވިދާޅުވީ ދޮން ބަންޑާރައިން ގައުމުގެ ދިފާއުގައި ތެދުވެވަޑައިގެންނެވީ ލިބިދާނެ ވެރިކަމުގެ މޮޅަކަށް ނުވަތަ ހޯދިދާނެ ޝަރަފަކަށް ނޫން ކަމަށާއި ދިވެހި ތަހުތު އެމަނިކުފާނަށް ވެދުން ކުރެވުނު ހިނދު ކުރެއްވީ އިންކާރު ކަމަށެވެ. 

މިއަދަކީ އެ މަތިވެރި ބަތަލާ ގުޅުން ހުރި ދުވަސް ކަމަށާއި ހޮޅީންގެ އަތްދަށުން ދިވެހީން މިނިވަންވި ދުވަސް ކަމަށާއި، ހުރަވީ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރަމުން މިދަނީ އެހަނދާނުގައި ކަމަށް ހީނާ ވިދާޅުވިއެވެ. 

"އަމާނަތްތެރިކަން އިސްކުރައްވާ ހޮޅީންގެ ބަންދުގައި ހުންނެވި ދިވެހި ރަސްގެފާނަށް ވަފާތެރިކަން އަދާކުރެއްވި. އަމިއްލަފުޅަށް މިލްކު ކުރެވޭން އޮތް ވެރިކަމަށް އެ ރަދުންގެ ބޭފުޅަކު ލައްވައިގެން އެރަސްކަން ހިންގައިދެއްވީ. މިހެންކަމުން އަޅުގަނޑު ދަންނަވާނީ ދޮން ބަންޑާރައިންނަކީ ބަތަލެއްގެ އައުލާ މިސާލްކަމުގައި." ހީނާ ވިދާޅުވިއެވެ.

ވަޒީރު ހީނާ ވިދާޅުވީ މިފަދަ ދުވަހެއްގައި އަޅުގަނޑުމެން އަޒުމް ކަނޑައަޅައި ޢިބްރަތް ލިބިގަންނަންވީ މުހިއްމު ފިލާވަޅުތަކެއް އެބަހުރިކަމަށެވެ. އެއީ ޤައުމުދެކެ ލޯބިވުމަށާއި ޤައުމު އިސްކުުރުމުގެ އިތުރުން ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހާ ރިވެތި އަޚްލާޤީ ސިފަތައް ދެމެހެއްޓުންކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ބިނާވެފައި ވަނީ ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އިންސާނީ ބިނާކުރުމުގައި ގައުމު ދެކެ ލޯބިވުމުގެ ފުން އިޙްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރެއްވުމަށްޓަކައި ޤައުމިއްޔަތު އިޢާދަކުރުމުގެ ގައުމީ މަޝްރޫއު ފަށްޓަވާ އެމަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި އިހްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު އަންނަ ހޮނިހިރު ދުވަހުގެރޭ އިފްތިތާހު ކުރުމަށް ތައްޔާރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް