ads
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު - ފޮޓޯ:މަޖިލިސް
މިހާތަނަށްވެސް އަމިއްލަ ހައިސިއްޔަތުން ދިޔައީ ފައިސާ ދައްކަމުން، ދެންވެސް ދައްކާނަން: ޝަމްހީދު
އެކުވެރިންތަކަކާއި އެކު އުފެއްދި "ޑުޕްލެކްސް" ކުންފުނިން ނެގި ލޯނަށް، އަމިއްލަ ހައިސިއްޔަތުން މިއަދާ ހަމައަށްވެސް ފައިސާ ދައްކަވަމުން ގެންދަވާކަމަށާއި އެ ފައިސާ ދައްކާ ނިންމަވާނެކަަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދުގެ ވިދާޅުވެއްޖެ އެވެ.
Advertisement

ޑރ. ޝަމްހީދާއި އެހެން ހަތަރު މީހަކު ގެރެންޓީ ދީގެން ، ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން  މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)  ނަގާފައިވާ 500،000 (ފަސްލައްކަ) ޑޮލަރުގެ ލޯނަށް އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކައިގެން އެ ލޯނުގެ ނުދައްކާ އޮތްބައި ދައްކަން ސިވިލް ކޯޓުން ވަނީ މިދިޔަ އަންގާރަދުވަހު ހުކުމްކޮށްފެ އެވެ. 

އެގޮތުން ލޯނުގެ ނުދައްކާ އޮތް 244,826.52 ޔޫއެސް ޑޮލަރާއި، ޗާޖަސްގެ ގޮތުގައި އަރާފައިވާ 36,647.76 ޔޫއެސް ޑޮލަރު ހިމެނޭހެން ޖުމްލަ 281,474.28 ޑޮލަރު، (ގާތްގަނޑަކަށް 4.3 މިލިއަން ރުފިޔާ)  ކުރިއަށް އޮތް ހަ މަސް ދުބަހުގެ ތެރޭގައި ދައްކަން ޝަމްހީދު ހިމެނޭހެން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.  އަދި މި ފައިސާއަކީ ޝަމްހީދު ހިމެނޭހެން ދައުވާލިބޭ ހުރިހާ ފަރާތްތަކުން އެންމެން އެކުގައި އަދި ވަކިވަކިން ޒިންމާވާ ގޮތަށް ދައްކަންޖެހޭ ސާބިތު ދަރަންޏެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. 

މިކަމާއި ގުޅިގެން ގުޅިގެން ޝަމްހީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑަކީ އޭނާގެ ކުރީގެ ރައްޓެހިންތަކަކާއެކު ވިޔަފާރިކުރުމަށް އުފެއްދި ކުންފުންޏެއް ކަމަށެވެ. އެހެންނަމަވެސް، ކުންފުނި ހިންގުމުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދި، ކުންފުނީގެ ހިންގުމާ ދުރުގައި އޭނާ ހުންނަވާތާ މިހާރު ހަތް އަހަރު ވެދާނެކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ލޯނަށް ފައިސާ ނުދައްކާކަން އެނގުމުން އެކުވެރިން ގާތުގައި ތަކުރާރުކޮށް އެ ފައިސާ ދައްކާ ނިންމަން ބުނިކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި އަމިއްލަ ހައިސިއްޔަތުން މިހާތަނަށްވެސް ފައިސާ ދައްކަމުން އަންނަކަމަށްވެސް ޗަމްހީދި ވިދާޅުވި އެވެ. 

" ފައިސާ ދައްކަމުން ނުދާކަން އަޅުގަނޑަށް އެނގުނު ހިސާބުން ފެށިގެން، ކުންފުނި ހިންގުމާއި ފައިނޭންސް ކަންކަމާ ހަވާލުވެ ތިއްބެވި ފަރާތްތަކާ ވާހަކަދައްކައިގެން ލޯނުގެ ފައިސާ ދެއްކުމަށް ތަކުރާރުކޮށް އެދުނިން. ނަމަވެސް، އެ ފަރާތްތަކުން ފައިސާ ނުދައްކާތީ، އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން އެ ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް މިދަނީ ފައިސާ ދައްކަމުން." ޝަމްހީދު ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ އެ ލޯނަކީ އޭނާގެ އަމިއްލަ ބޭނުމަކަށް ނެގި ލޯނެއް ނޫންކަމަށެވެ. އެހެންނަމަވެސް ކޯޓުގެ ހުކުމާއި އެއްގޮތަށް ލޯނަށް ދައްކަންޖެހޭ ފައިސާ ހަލާސްކުރާނެކަަމަށްވެސް ޝަމްހީދު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް