ads
ވީއައިއޭގައި ސީޕްލޭނެއް ދިޔަވެ އަޑިއަށް ދަނީ
ސީ ޕްލޭން ދިޔަވި ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ޓެކްސީ ކުރަމުން ދަނިކޮށް ދިމާވި ހާދިސާއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފިއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 14:25 ހާއިރުއެވެ. އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ސީޕްލޭންގެ ދެ ކަނދުގެ ތެރެއިން އެއް ކަނދު ހަލާކުވެގެންނެވެ. ހާދިސާ ހިނގި ވަގުތު އެ ބޯޓުގައި ކްރޫންގެ އިތުރުން ފަތުރުވެރިން ވެސް ތިއްބެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެ، ފަސިންޖަރުންނާއި ކްރޫއިން ރައްކާތެރިކަމާއެކު ބޯޓުން ވަނީ ބާލާފައެވެ.

ހާދިސާއާ ގުޅިގެން އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކަން ހިނގުމާއެކު އެ ކުންފުނީގެ އެއާޕޯޓް އެމަޖެންސީ ސާވިސަސް އިން ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

"މި ހާދިސާއާ ގުޅިގެން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަން އެމްއޭސީއެލްއިން މި އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި ހަމައެއާއެކު ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅިފައިވާކަން ފާހަގަކުރަމެވެ،" އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައި ވެއެވެ.


އެމްއޭސީއެލް އިން އިތުރަށް ބުނީ، މި ހާދިސާއާ ގުޅިގެން ވީއައިއޭގެ ވޯޓާ އެއިރޯޑްރޯމުން ދެމުން އަންނަ ހިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާ ކަމަށާއި، ހިދުމަތްތައް މެދުނުކެނޑި އާންމު އުސޫލުން ކުރިއަށްދާ ކަމަށެވެ.

މިކަމާ ގުޅިގެން ޓީއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި ފަސިންޖަރުންނާއި ކްރޫއިން ރައްކާތެރިކަމާއެކު ހުސްކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ އެއާލައިނުން ވަނީ ހާމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް