ads
އައިޖީއެމްއެޗް
އަރިދަފުސް ރޯގާއާ އެކު އިންފްލުއެންޒާ ފެތުރޭތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ދުވަސްވަރު އަރިދަފުސް ރޯގާއާ އެކު އިންފްލުއެންޒާ ވެސް ބާރަށް ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
Advertisement

އެޗްޕީއޭއިން ބުނި ގޮތުގައި މި ދުވަސްވަރު އެ ރޯގާތައް ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެހެންކަމުން، ހުން އައިސް އަރިދަފުސް ރޯގާ ޖެހޭ ކުޑަކުދިންގެ ފަރާތުން ނުރައްކާތެރި އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ފަރުވާ ހޯދުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ. އޭގެ ތެރޭގައި 6 ގަޑިއިރު ނުވަތަ 8 ގަޑިއިރު ވަންދެން ކުޑަކަމުނުދެވުމާއި، ވަރުދެރަވެ ނުވަތަ ވަރަށް ބޮޑަށް ވަރުބަލިވުމުގެ އިތުރުން ގާތުން ކިރުބޯ ކުދިން ރަނގަޅަށް ކިރު ނުބުއިން ހިމެނެ އެވެ.

އިންފްލުއެންޒާ ޖެހިއްޖެ ނަމަ 5 އަހަރުން ދަށުގެ ކުދިން، އަދި ހާއްސަކޮށް 2 އަހަރުން ދަށުގެ ކުދިންގެ ހާލަތު ސީރިއަސްވުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ފާހަގަކުރެ އެވެ. މީގެ އިތުރުން މާބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް މި ރޯގާތަކުގެ އަސަރު ވަރަށް ބޮޑަށް ކުރެ އެވެ.

މި ރޯގާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، އަރިދަފުސް އެޅުމާއި، ބޮލުގައި ނުވަތަ ގައިގައި ރިއްސުމާއި، ލޯ ރަތްވުން ހިމެނެ އެވެ. އަދި ކެއްސުމާއި، ފުއްޕާމެޔަށް އަސަރުކޮށްފި ނަމަ ނޭވާލާން އުނދަގޫވުން ފަދަ އުނދަގޫތައް ވެސް ކުރިމަތިވެ އެވެ.

އާދައިގެ އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ އަލާމާތްތައް އެއްގޮތް ނަމަވެސް، މި ދެ ބަލި ޖެހެނީ ތަފާތު ދެ ވައިރަހަކުންނެވެ. އަދި އާދައިގެ ރޯގާއާ އަޅާބަލާއިރު އިންފްލުއެންޒާއިން ކުރާ އަސަރާއި އުނދަގޫތައް ބޮޑެވެ.

މި ރޯގާތަކުން ރައްކާތެރިވުމުގެ ގޮތުން ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރި ނަމަ ނުވަތަ މީހުން ގިނަ ތަންތަނަށް ދާންޖެހޭ ނަމަ މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޒާތީ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ އިދާރާއިން އެދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް