ads
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ސްނެޕް ޝޮޓް އެއް.
ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެ އަޑިއަށް ދަނީ!
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއް ދިޔަވެ، އަޑިއަށްދާ ހާދިސާއެއް ހިނގައިފި އެވެ.
Advertisement

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސީޕްލޭންގެ ބޮޑު ބައެއް ވަނީ ފެނު އަޑީގައެވެ. އަދި ބޯޓު އަޑިއަށް ދިޔަ ވަގުތު، ލައިފް ރިންގުގެ އެހީގައި އޭގެ އެތެރޭގައި ތިބި މީހުން ބާލަމުންދާ މަންޒަރާއި، ޓީއެމްއޭގެ ގިނަ އަދަދެއްގެ ކްރޫއިންނާއި އެހެނިހެން މީހުން އެ ސަރަހައްދުގައި އެހީތެރިވުމަށް ހަރަކާތްތެރިވާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ހާދިސާ ހިނގި ވަގުތު ބޯޓުން ދަތުރުކުރި މީހުންގެ އަދަދު އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން ކަމާބެހޭ އެއްވެސް ރަސްމީ އިދާރާއަކުން އަދި އެ އެއާލައިނުން ވެސް މިހާތަނަށް ރަސްމީ ބަހެއް ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް