ވ.ފޮއްތެޔޮއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް، ރަސްމާލޭގެ އިރުމަތި ފަރާތު ފަރަށް އަރައިފި އެވެ.

Advertisement
އެމްއެންޑީއެފުން ބުނީ 'ކީސާ' ނަމަކަށް ކިޔާ އެ ދޯނީގައި ތިބި ފަޅުވެރިންނަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު ލިބުނީ ރޭ 23:51 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެ މައުލޫމާތު ލިބުމުން ރޭގެ 02:37 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ އެ ދޯނި އޮތް ސަރަހައްދަށް ގޮސް، މި ދޯނިން ދަތުރުކުރަމުންދިޔަ ދިވެއްސަކާއި، ތިން ބިދޭސީން ސަލާމަތްތެރިކަމާ އެކު ހާބާ ކްރާފްޓަށް ނަގާފައިކަމަށް އެމްއެންޑިއެފުން ބުނެ އެވެ. އަދި، އެ ދޯނީގެ ވެރިިފަރާތުން ގެނައި "އޯސަން ރައިޑް" ދޯނި 03:37 ހާއިރު އެ ސަރަހައްދަށް އައުމުން، މި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައިކަަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާގައި އެ ދޯނީގެ ބިދޭސީ ފަޅުވެރިއެއްގެ ވައަތު ފަޔަށް އަނިޔާއެއް ވެފައިވާތީ އެ މިހާ ވަނީ އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަކަމަށް އެމްއެންޑީއެފުން ބުނެ އެވެ. .
އައްޑޫން މާލެއަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއްވެސް މިމަހުގެ އެއްވަނަ ދުވަހު ރަސްމާލެ ފަރަށް ވަނީ އަރާފައެވެ. އެ ދޯނީގައި ތިބީ ދިވެހި ކެޕްޓަނަކާއި ތިން ބިދޭސީންނެވެ.