ads
އަދާލަތު ޕާޓީގެ ބައްދަލުވުމެެއްގެ ތެރެއިން
އަދާލަތުން އެދެނީ ރަސްމާލެ މަޝްރޫއު ކުރިޔަށް ނުގެންދަން
މި ސަރުކާރުން ރަސްމާލެއިން 500 ހެކްޓަރު 99 އަހަރަށް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދީގެން ކުރިޔަށް ގެންދަން ނިންމާފައިވާ މަޝްރޫއު ކުރިޔަށް ނުގެންދަން އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
Advertisement

ރަސްމާލެ މަޝްރޫއާއި ގުޅިގެން އަދާލަތު ޕާޓީން ރޭ ނެރުނު ގަރާރެއްގައި ބުނީ ދިވެހި ރާއްޖޭގައި ބޭރުގެ ފަރާތްްތައް ދިގު މުއްދަތަކަށް ދިރިއުޅޭ ވަކި ސަރަހައްދުތަކެއް އުފެެދޭ ގޮތަށް މަޝްރޫއުތައް ގެންދާނަމަ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި އާއްމު މަސްލަހަތާއި ދިވެހިންގެ ސަގާފަތާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގޮންޖެހުންތައް ކުރިމަތިވެގެންދާނަކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ. އެހެންކަމުން އެގޮތަށް މަޝްރީއުއެއް ނުގެންދިޔުމަށް އަދާލަތު ޕާޓީން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ. 

އިންޓަނޭޝަނަލް ރިއަލް ސްޓޭޓް މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި އެ މަޝްރޫއުތައް އަމާޒުކުރަން ވަނީ ބޭރުގެެ ފަރާތްތައް ދިގު މުއްދަތަކަށް ދިރި އުޅޭ ވަކި ސަރަހައްދުތަކެއް އުފެއްދުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކަށް ޗުއްޓީ ހޭދަ ކުރުމަށޤ ބޭނުންކުރާ ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްގީކުރުމަށްކަމަށް އަދާލަތު ޕާޓީން ވަނީ ބުނެ ފައެވެ. 

އިސްލާމީ އުސޫލްތަކާއި އެއްްގޮތްވާ ގޮތުގެ މަތިން އިންޓަނޭޝަނަލް ރިއަލް ސްޓޭޓް ނުވަތަ ހޮލިޑޭ ހޯމްސް ފަދަ މަޝްރޫއުތައް ރާއްޖޭގައި ތަރައްގީކޮށް ކުރިޔަށް ގެންދިޔުމަކީ ސިންދަފާތު ކުރެވިފައިވާ ވިލުންތެރި އިގްތިސާދެއް ބިިނާކުރުމަށް މަގުފަހިވެގެންދާކަމަށްވެސް އަދާލަތު ވަނީ ބުނެ ފައެވެ.

އީގަލް ހިލްސް ކުންފުންޏަށް ދޭ ސަރަހައްދަކީ މީހުން އައިސް އެތަނުގައި ވަޒަންވެރިވާނެ ތަނެއް ނޫންކަމަށާއި އެތަނަކީ ޕްރޮޕަޓީ ގަނެ ވިއްކާ ދައުލަތަށް އޭގެ އާމްދަނީ ލިބޭނެ ތަނެއްކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް