ads
އުމްރާނީ ތަރައްގީގެ 22 ޕްރޮޖެކްޓެއް އެމްޓީސީސީ އާއި ހަވާލުކުރުމުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އުމްރާނީ ތަރައްގީގެ 22 މަޝްރޫއެއް އެމްޓީސީސީ އާއި ހަވާލުކޮށްފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މުހިންމު 22 މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
Advertisement

މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ. މި ރަސްމިއްޔާތުގައި މަޝްރޫއުތައް ކުރިއަށްދާ ދާއިރާތައް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުންތަކުގެ ދަށުން ހަވާލުކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 8 ރަށެއްގެ މަގުތައް ތަރައްގީކުރުމާއި، 5 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އިތުރުން 6 ރަށެއްގެ ބަނދަރު ހެދުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ. މީގެ އިތުރުން ދެ ރަށެއްގައި މޫދަށް އެރޭ ސަރަހައްދާއި ސްލިޕްވޭ ހެދުމާއި، ފުވައްމުލައް ސިޓީގައި އިމާރާތްކުރާ އޮފީސް ކޮމްޕްލެކްސްގެ މަސައްކަތް ވެސް މި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެއެވެ.

މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަށްތައް

މަގު ހެދުމުގެ މަޝްރޫއުތައް:

  • އދ. ހަންޏާމީދޫ

  • ބ. ކަމަދޫ

  • ކ. މާފުށި

  • ނ. މާޅެންދޫ

  • ރ. އަނގޮޅިތީމު

  • ރ. ވާދޫ

  • ށ. ކޮމަންޑޫ

  • ތ. ވަންދޫ

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތައް:

  • ހއ. ތުރާކުނު

  • ހއ. ވަށަފަރު

  • ހދ. ނައިވާދޫ

  • ނ. މިލަދޫ

  • އއ. މާޅޮސް

ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް:

  • ހދ. ހޮޅުމީދޫ

  • ރ. ފައިނު (ބީޗް ތަރައްގީކުރުން)

  • ކ. ތުލުސްދޫ

  • ތ. ކަނޑޫދޫ

  • ތ. ވިލުފުށި

  • ގއ. ކަނޑުހުޅުދޫ

  • ގއ. ނިލަންދޫ

މީގެ އިތުރުން ހދ. ވައިކަރަދޫގައި ސްލިޕްވޭ އަދި މޫދަށް އެރޭ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތާއި، ރ. ފައިނުގައި މޫދަށް އެރޭ ސަރަހައްދު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއެއްގެ ގޮތުގައި ޏ. ފުވައްމުލަކުގައި 9 ފަންގިފިލާގެ އޮފީސް ކޮމްޕްލެކްސްއެއް އިމާރާތްކުރުމުގެ މަސައްކަތް ވެސް ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް