ads
ސްޕެއިނާއި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް އަދި ލޯބިވެރިޔާ، މަޝްހޫރު އިންފްލުއެންސަރު އީނެސް ގާސިއާއެކު
ޔަމާލްގެ ލޯބިވެރިޔާގެ މޫނުމަތީގައި އުންތަކެއް ފަޅަނީ
ސްޕެއިނާއި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލްގެ ލޯބިވެރިޔާ އަދި މަޝްހޫރު އިންފްލުއެންސަރު އީނެސް ގާސިއާގެ މޫނުމަތީގައި ނަގާ ބިހި ނުވްތަ އުންތަކާ ގުޅިގެން އޭނާ ހިއްސާކުރި ސިއްހީ މައުލޫމާތުތަކަށް ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
Advertisement

މި މަހުގެ ހަތްވަނަ ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް އީނެސް ވަނީ، އޭނާގެ ނޭފަތް ކައިރީގައި ނަގާފައިވާ ބިހިތަކުގައި ކްރީމް އުނގުޅައިގެން ހުރި ފޮޓޯއެއް އާންމުކޮށް، މޫނުމަތީގައި ނަގާ މިފަދަ އުންތަކާއި ބިހިތަކާ ދެކޮޅަށް އޭނާ ކުރަމުންދާ މަސައްކަތް ހާމަކޮށްފަ އެވެ.

އީނެސް ބުނީ، މީގެ އަހަރެއްހާ ދުވަސް ކުރިން ކޮންމެ މަހަކުހެން މި މައްސަލަ ކުރިމަތިވި ނަމަވެސް، ފަހަކަށް އައިސް އެކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި އޮތް ކަމަށެވެ. އެހެން ނަމަވެސް، ކުއްލިއަކަށް ހޭލިއިރު އަނެއްކާވެސް ނޭފަތް ކައިރިން އުންތައް ފަޅައިގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ. އީނެސްގެ މި ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު ވަނީ މިފަދަ އާންމު ސިއްހީ މައްސަލަތައް ފޮރުވުމެއް ނެތި ހާމަކުރުމުން އޭނާއަށް ތައުރީފު ކޮށްފައެވެ. ނަމަވެސް، ޔަމާލް ފަދަ މަޝްހޫރު ކުޅުންތެރިއަކާ ގުޅިގެން އުޅޭއިރު މިފަދަ ޒާތީ ކަންކަން އާންމުކުރުމުން ބައެއް މީހުން ވަނީ ފާޑުވެސް ކިޔައިފައެވެ.

your imageމަޝްހޫރު އިންފްލުއެންސަރު އީނެސް ގާސިއާ

މިކަމާ ގުޅިގެން ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، މިއީ ހާޕީސް ސިމްޕްލެކްސް ވައިރަސް ޓައިޕް 1 ގެ ސަބަބުން ދިމާވާ ކަމެކެވެ. މިއީ ގައިންގަޔަށް އަރާ ޖިންސީ ބައްޔެއް ނޫން ކަމަށާއި، ކުޑަކުދިންގެ އުމުރުގައި އެކަކު އަނެކަކު ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ކައިރިވެ އުޅުމުގެ ތެރެއިން ވަރަށް ފަސޭހައިން އަރާ އާންމު ވައިރަހެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ. އަދި މިއީ ލަމީން ޔަމާލާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށްވެސް ރިޕޯޓުތަކުން ސާފުކޮށްދެއެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި މި ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު، ނާރުތަކުގެ ތެރޭގައި ހަރަކާތްތެރިނުވެ ދިގު މުއްދަތަކަށް ދެމިހުރެއެވެ. އަދި މީހާ މާ ބޮޑަށް ސްޓްރެސްވުމާއި، ވަރުބަލިވުމާއި، އަވީގައި ގިނައިރު އުޅުމާއި، ބަލިވުމުގެ ސަބަބުން ދިފާއީ ނިޒާމު ދަށްވާ ވަގުތުތަކުގައި މި ވައިރަސް އަލުން ހަރަކާތްތެރިވެ، ތުންފަތާއި ނޭފަތް ކައިރީގައި އުންތައް ނަގަން ފަށައެވެ. މި ބިހިތައް ފަޅައިގެން ދިއުމަށްފަހު ހިކި، އެއްވެސް ލަކުނެއް ނެތި ފަސޭހަވެގެންދެއެވެ.

މި ވައިރަސް މުޅިން ނައްތާލެވޭނެ ފަރުވާއެއް އަދި ހޯދިފައި ނެތް ނަމަވެސް، ބިހިތައް ނަގަން ފަށާއިރު ބޭނުންކުރާ އެންޓިވައިރަލް ކްރީމާއި ގުޅަ ބޭހުގެ އެހީގައި މިކަން އަވަހަށް ރަނގަޅު ކުރެވެއެވެ. އަދި މާ ގިނައިން މި މައްސަލަ ދިމާވާ މީހުންނަށް، ޑޮކްޓަރުންގެ ލަފާގެ މަތިން ދާއިމީ ގޮތެއްގައި ބޭސް ބޭނުންކޮށްގެން މި ބިހިތައް ނެގުން ހުއްޓުވުމުގެ ފަރުވާ ލިބެން ހުރެއެވެ.

ރެފަރެންސް:

ލެޑްބައިބަލް. (2026). އީނެސް ގާސިއާ ލަމީން ޔަމާލް ފުޓްބޯލް ހާޕީސް ޑައިގްނޯސިސް. ލެޑްބައިބަލް އެންޓަޓެއިންމަންޓް. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް