މީގެއިތުރުން، ސަރުކާރުގެ ރަސްމީ ޕްރޮގްރާމްތަކުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް މެސެޖުކޮށް، ނުރައްކާތެރި ކިއުއާރު ކޯޑުތައް ސްކޭންކުރުވުމަށް ވެސް ކުށްވެރިން މަސައްކަތް ކުރެއެވެ.
މިފަދަ ފޭކު ލިންކުތަކަށް ވަދެވި ނުވަތަ ކިއުއާރު ކޯޑުތައް ސްކޭން ކުރެވޭ ހިނދުން، އެ މީހެއްގެ ބޭންކު އެކައުންޓުގައި ހުންނަ ހުރިހާ ފައިސާއެއް މަދު މިނެޓުކޮޅެއްގެ ތެރޭގައި ހުސްކޮށްލައެވެ. މަކަރުވެރިން މިކަން ކުރަނީ އާންމުންގެ އިތުބާރު ހޯދުމުގެ ގޮތުން ސަރުކާރުގެ ރަސްމީ އިދާރާތަކާއި ޕްރޮގްރާމްތަކުގެ ނަން ބޭނުންކޮށްގެންނެވެ.
އެހެންކަމުން، ވަޓްސްއަޕް މެދުވެރިކޮށް އަންނަ މިފަދަ ނުދަންނަ ލިންކުތަކަށް ނުވަދުމަށާއި، ކިއުއާރު ކޯޑުތައް ސްކޭން ނުކުރުމަށް ޑެލްހީ ޕޮލިހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އާންމުންގެ މާލީ މައުލޫމާތާއި ބޭންކު އެކައުންޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސައިބާ ސެކިއުރިޓީގެ އިރުޝާދުތަކަށް ސަމާލުވުމަށް ވަނީ އެދިފައެވެ.