ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު
އަންނަ ދިރާސީ އާ އަހަރާއެކު ހުރިހާ ދަރިވަރުން ކިޔަވާނީ ކޫލް ސްކޫލުގެ ފިނީގައި
އަންނަ ދިރާސީ އާ އަހަރާއެކު ރާއްޖޭގައި ކިޔަވާ ހުރިހާ ދަރިވަރުން ކިޔަވާނީ ކޫލް ސްކޫލުގެ ފިނީގައިކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.
Advertisement

ރޭ އޮތް އަހާ ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މި ސަރުކާރުން ފެށި ކޫލް ސްކޫލް މަޝްރޫއަކީ ހީކުރި ވަރަށްވުރެ ދަރިވަރުންނާއި، ބެލެނިވެރިންގެ ޝައުގުވެރިކަން މަޝްރޫއަކަށް ވެގެން ގޮސްފައިވާކަމަށެވެ.

ތައުލީމީ ދާއިރާގައި މިހާރު އެންމެ ބޮޑަށް ބަހުސް ކުރެވޭ އެއް ކަމަކީ 'ލާނިގް ލޮސްޓް ޑިއު ޓު ހީޓް" ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހި ދަރިވަރުންނަށް އެކަމުން ދާއިމީ ހައްލެއް ހޯދާދިނުމަށް ސަރުކާރުން ފެށި ކޫލް ސްކޫލް މަޝްރޫއުއަކީ ވަރަށް ބޭނުންތެރި އެހާމެ މުހިއްމު މަޝްރޫއުއެއް ކަމަށެވެ.  

މި މަޝްރޫއުގެ މަސައްކަތް ލަސްވެގެން ދިޔައީ ރަށްރަށުގައި އަޅާފައިވާ ކަރަންޓު ވިއުގައިގެ ބަލިކަށި ކަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އެ މައްސަލަ 40 ރަށަކުން ފާހަގަވިކަމަށާއި އެކަން ހައްލުކުރުމުގެ މަސައްކަތް ސެޓެލްކޯއިން ކުރަމުން އަންނަކަމަށެވެ. އަދި މިއަހަރު ނިންމެންވާއިރަށް ހުރިހާ ސްކޫލެއްގައި އޭސީ ހަރުކޮށް ކޫލް ސްކޫލްގެ މަޝްރޫއު ނިންމާލެވޭނެކަމުގެ ޔަގީންކަން ސްޓެލްކޯއިން ދީފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

" އެހެންމީވަ މި ދައުރު ނިމެންދެން ކޫލް ސްކޫލު ކްލާސްރޫމްތަކުގައި ކިޔަވަން މަޑުކުރާކަށް ނުޖެހޭނެ. އިރާދަކުރެއްވިއްޔާ އާ އަހަރާއެކު ހުރިހާ ކުދިން ކިޔަވާނީ ކޫލް ސްކޫލުގެ ފިނީގައި. ' މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ، މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަމުން ވިދާޅުވީ މިހިނގާ 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ކިޔެވުން ފެށެންވާ އިރަށް ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމްތައް އޭސީ ކުރާނެ ކަމަށާއި ދަރިވަރުން ކިޔަވަން ނުކުންނާނީ އޭސީ ކްލާސްރޫމްތަކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް