އެ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ބ އަތޮޅުން ވ އަތޮޅުގެ ނިޔަލަށެވެ. މެޓް އޮފީހުން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެ އެވެ. މި އެލާޓެ ނެރެފައިވަނީ މިއަދުގެ 11 ޖެހުމާއި ހަމައަށެވެ.
މީގެއިތުރުން މުޅި ރާއްޖެއަށް ހުދު ސަމާލުވެސް މެޓް އޮފީހުން ވަނީ ނެރެފަ އެވެ. އެގޮތުން ގުގުރުމާއި އެކު މުޅި ރާއްޖެއަށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދުތައް ފިޔަވާ ދެން ހުރި ސަރަހައްދުތަކަށް ގަޑިއަކު35 މޭލަށް ވައިޖެހި ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މާދަމާ އަލިވާން ފަށާނެކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.