ads
އަމީނީމަގުގައި ހުންނަ އެމްޑަބްލިއުއެސްސީގެ ހެޑް އޮފީސް
އެމްޑަބްލިއުއެސްސީގެ ހޮޓްލައިން ނަމްބަރުތައް: ހިދުމަތްތަކަށް 1575، ކުއްލި ހާލަތްތަކަށް 105
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވީހާވެސް ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން އެ ކުންފުނީގެ ހޮޓްލައިން ނަންބަރުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.
Advertisement

އެގޮތުން ކުންފުނީގެ ހިދުމަތްތަކާ ގުޅޭ އެންމެހައި މަޢުލޫމާތާއި ޢާންމު އެހީތެރިކަން ހޯއްދެވުމަށް މިހާރު ހާއްސަ ކުރެވިފައިވަނީ ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އެވެ. މި ނަންބަރުގެ ހިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ދަންވަރު 12:00 އަށް ލިބޭނެ އެވެ. އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށާއި ފަސޭހައިން ކުންފުނި ދެނެގަތުމަށްޓަކައި، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ގުޅާ ވަގުތުތަކުގައި ފޯނު ސްކްރީނުން ފެންނާނީވެސް މި ނަންބަރު ކަމުގައި އެ ކުންފުނިން ބުނެފައިވެ އެވެ.

މީގެއިތުރުން، އެމްޑަބްލިޔުއެސްސީގެ 105 ނަންބަރަކީ ހަމައެކަނި ކުއްލި ޙާލަތްތަކުގައި ގުޅުމަށް ޚާއްސަކުރެވިފައިވާ އެމަޖެންސީ ހޮޓްލައިން ނަންބަރެކެވެ. މި ނަންބަރުގެ ޚިދުމަތް ހަފުތާގެ 7 ދުވަހު، 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބެމުންދާނެ އެވެ.

އެމްޑަބްލިޔުއެސްސީގެ މައިގަނޑު އަމާޒަކީ ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، ވީހާވެސް ގާތުން އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމުގައި އެ ކުންފުނިން ބުނެފައިވެ އެވެ. ވީމާ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ ނަންބަރުތައް ބޭނުންކުރުމަށް އެ ކުންފުނިން ވަނީ ހަނދާން ކޮށްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް