ads
މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު އައިމަން އިސްމާއީލް. -- ފޮޓޯ: ސޯޝަލްމީޑިއާ
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އައިމަންގެ ބަންދަށް 30 ދުވަސް
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މާލޭ ސިޓީ ކައުންސިލުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އައިމަން އިސްމާއިލް 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
Advertisement

މި މައްސަލައާ ގުޅިގެން އައިމަން ހައްޔަރުކޮށްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ 30 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރު ނެރެފަ އެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޔާމް ވިދާޅުވީ، އައިމަންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ތަހުގީގު އިތުރަށް ފުރިހަމަކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ވެސް ޝިޔާމް ފާހަގަކުރެއްވި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް މި މަހުގެ 2 ވަނަ ދުވަހުގެ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ވެސް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް