ads
މުޅި ސިޓީއިން ކަރަންޓާއި ފެން ކެނޑި ނުރައްކަލުގެ ހާލަތަކަށް!
ކީވްގެ މުޅި ސިޓީއިން ކަރަންޓާއި ފެން ކެނޑި ނުރައްކަލުގެ ހާލަތަކަށް!
ޔޫކްރޭނުގެ ވެރިރަށް ކީވްގެ ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ރޫސިޔާއިން ދިން ނުރައްކާތެރި ހަމަލާތަކަކާ ގުޅިގެން، މުޅި ސިޓީން ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑި، އާންމު ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ.
Advertisement

މި ހަމަލާތަކާ ގުޅިގެން ކީވްގެ މިލިއަނަކަށްވުރެ ގިނަ ރައްޔިތުން ވަނީ އަސާސީ ޚިދުމަތްތަކުން މަހުރޫމްވެ، ސިޓީ ވަނީ ނުރައްކަލުގެ ހާލަތަކަށް ވެއްޓިފަ އެވެ.

ހަބަރު ލިބޭގޮތުގައި ރޫސިޔާއިން ވަނީ 172 ޑްރޯން އަދި 36 ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ކީވްގެ ކަރަންޓު ސަބްސްޓޭޝަންތަކަށާއި ފެނުގެ ހިދުމަތް ފޯރުކޮށްދޭ މުހިންމު ވަސީލަތްތަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ކަރަންޓު ވިއުގައަށް ބޮޑެތި ގެއްލުންތަކެއް ލިބި، މުޅި ސިޓީއަށް ވަނީ ކަރަންޓު ކެނޑުމުގެ ބޮޑު މައްސަލައަކާ ކުރިމަތިލާންޖެހިފަ އެވެ.

މި ހަމަލާތަކުގެ ސަބަބުން ކަރަންޓުގެ ޚިދުމަތުގެ އިތުރުން ފެން ފޯރުކޮށްދޭ ސިސްޓަމްތަކުގެ މަސައްކަތް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ސިޓީގެ ގިނަ ސަރަހައްދުތަކުން ފެނުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން މިލިއަނުން މީހުންނަށް ވަނީ ދުވަހުން ދުވަހަށް ބޭނުންވާ ފެން ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ. ކަރަންޓާއި ފެން ނެތުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ކަންކަމަށް ވަނީ ބޮޑު ހުރަހެއް އެޅިފަ އެވެ.

ރޫސިޔާއިން ދިން މި ހަމަލާތަކުގެ ސަބަބުން ކީވްގެ އަސާސީ ހިދުމަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، މުޅި ސިޓީގައި ވަނީ ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑި ނުރައްކަލުގެ ހާލަތެއް އުފެދިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް