ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. މި ތަކެތި ފެނުނީ ކޫރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމުން ބުނެ އެވެ.
އަތުލައިގެން ތަކެތީގެ ބަރުދަނުގައި 1030 ގްރާމް ހުރިކަމަށް ކަސްޓަމުން ބުނެ އެވެ. އަދި މި ތަކެތި ޓެސްޓްކުރި އިރު މީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ސިންތެޓިކް ކެތިނޯން ކަން އެނގިފައިވާކަމަށް ކަސްޓަމުން ބުނެ އެވެ.
ފަހަކަށް އައިސް ކަސްޓަމުން އަންނަނީ ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ.