ads
އުރީދޫ ފަންރަންގެ ތެރެއިން: ފޮޓޯ އުރީދޫ
"އުރީދޫ ފަން ރަން" ގެ ރަޖިސްޓްރޭޝަން އިތުރުކޮށްފި
މިއަހަރުގެ "އުރީދޫ ފަން ރަން 2026" ގައި ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.
Advertisement

އުރީދޫން ބުނި ގޮތުގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށްދާ މި ފަސް ކިލޯމީޓަރުގެ ދުވުމުގައި، މަޖާ އޮބްސްޓިކަލްތަކާއި ތަފާތު އެކި ހަރަކާތްތައް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަންޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި ނުވަތަ ނަށަމުން ވެސް މި ދުވުން ނިންމާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދެ ކިޓެއްގެ ތެރެއިން ބޭނުންވާ ކިޓެއް އިޚުތިޔާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ 210 ރުފިޔާގެ ފަން ކިޓާއި 110 ރުފިޔާގެ ސްޓޭންޑާޑް ކިޓެވެ. ފަން ކިޓުގައި ފަން ރަން ޓީޝާޓް، މަލްޓިޕާޕަސް ބަންޑާނާ، ދަބަސް އަދި އައިގްލާސް ހިމެނޭނެ އެވެ.

އުރީދޫއިން މިއަދު ބުނެފައިވަނީ ފަން ރަންގައި ރަޖިސްޓްރީވުމުގެ މުއްދަތު ނޮވެމްބަރު 14 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. 

މި ދުވުމުގެ ފޯރި އިތުރުކުރުމުގެ ގޮތުން، ޕްރީ އިވެންޓު ހަރަކާތްތަކެއް ބޭއްވުމުގެ ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޑިސެމްބަރު 10 ވަނަ ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކުޑަކުދިންގެ ހަވީރެއް އޮންނާނެ އެވެ. އަދި އެރޭ 8:00 އިން 12:00 އަށް މިޔުޒިކް ޝޯއެއް އޮންނާނެ އެވެ. 

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ އެވެ.

މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި 7،500 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެ، ބޮޑު ތަރުޙީބެއް ވަނީ ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް