ads
ހުޅުމާލެ ލަކުޑި ޖެޓީ މަރާމާތުކޮށްފައި. - ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް އާންމުންނަށް ހުޅުވާލައިފި
ހުޅުމާލޭ ލަކުޑި ޖެޓީ މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވާލައިފި އެވެ.
Advertisement

ލަކުޑި ޖެޓީއަށް ގެއްލުން ލިބުނީ ހުޅުމާލެ ފަޅުތެރެއަށް ވަތް ބާޖަކުން ޖެހިގެންނެވެ. އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅެވެ.

ލަކުޑި ޖެޓީގެ އޮނިގަނޑަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން އެ ޖެޓީ ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ޖެޓީ ބޭނުން ކުރުން ވަގުތީ ގޮތުން މަނާ ވެސް ކުރިއެވެ.

މިއީ ގިނަ ބަޔަކު ބޭނުންކުރާ ޖެޓީއަކަށް ވާތީ، އެތަން ވީހާވެސް އަވަހަށް މަރާމާތު ކުރުމަށް އެޗްޑީސީން ހާއްސަ އިސްކަމެއް ދިނެވެ.

އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ގާއިމްކުރެވިފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާއްމުންނަށް ވީހާވެސް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް