ads
ރައީސް އޮފީސް ހުންނަ އިމާރާތް
ނޮވެމްބަރު 11 އާ ގުޅިގެން އަންނަ ބުރާސްފަތި ދުވަހު ސަރުކާރު ބަންދު
މި މަހުގެ 12 ވާ ބުރާސްފަތި ދުވަސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
Advertisement

މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސިކަން ހާމަކުރީ މިއަދު ރައީސްގެ އޮފީހުން ނެރުއްވި ދެންނެވުމުގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މިގޮތަށް ހަމަޖެއްސެވީ، ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެމްބަރު މަހުގެ 11ވަނަ ދުވަހަކީ، ގައުމީ ބަންދު ދުވަހެއް ކަމަށް ވުމާއެކު، ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ދުވަހަކީ ނޮވެމްބަރު 12 ވާ ބުރާސްފަތި ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކަ އެވެ.

ރައީސްގެ މި ނިންމެވުމާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންނަށް ބަންދު ދުވަހުގެ ގޮތުގައި ހަތަރު ދުވަސް ލިބޭނެ އެވެ. 

ނޮވެންބަރު 11 ފާހަގަ ކުރަނީ 1968 ވަނަ އަހަރު ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމްކުރި ތާރީހީ ދުވަހުގެ ގޮތުގަ އެވެ.

ރާއްޖޭގެ ރަސްމީ ބަންދު ދުވަސްތަކުގެ ތެރޭގައި ހިމެނޭ މި ދުވަހަކީ ގައުމީ ފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް