މިއީ ކަސްޓަމަރުންގެ މެދުގައި ފަސޭހަކަމާ އެކު ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ އާދަ އަށަގެންނެވުމާއި ދިރާގުޕޭގެ ހިދުމަތްތައް ބޭނުންކުރާ ކަސްޓަމަރުންގެ އަގުވަޒަންކޮށް، އަގުހުރި އިނާމެއް ހޯދުމުގެ މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ދިރާގު ޕޭ މެދުވެރިކޮށް ބިލަށް ފައިސާ ދައްކައިގެންނެވެ. ދިރާގުޕޭ މެދުވެރިކޮށް ދައްކާ ކޮންމެ ބިލަކާ އެކު މި ގުރުއަތުގައި ބައިވެރިވުމުގެ އިތުރު ފުރުސަތެއް ލިބޭނެ އެވެ. އެހެންވެ، ގިނަ ބިލްތައް ދައްކާ ކަސްޓަމަރުންނަށް މެލޭޝިއާ ދަތުރު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގެ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ދެ މީހަކަށް މެލޭޝިއާއަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، ހުރުމުގެ އިންތިޒާމުގެ އިތުރުން ފަތުރުވެރިން ޓްރެވަލް އެޖެންސީން ފަރުމާކޮށްފައިވާ ހާއްސަ ޓުއާއެއްވެސް ލިބޭނެ އެވެ.
ދިރާގު ފިންޓެކްގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.