ނިކަ ގަސް ކެނޑުމާއި ދެކޮޅު ހަދާ އެކަން ހުއްޓުވުމަށް ގަހަށް އަރާ ގޮފިގަނޑެއްގެ މަތީ އޮށޯތީ މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ފައުންޑަރު އަހުމަދު ނިޔާޒުކަން ވަނީ އެނގިފައެވެ.
އޭނާ ގަހަށް އަރާ އޮށޯތުމުން ގަސް ކަނޑާލުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓުނެވެ. އެންމެފަހުން އޭނާ ގަހުން ފޭބީ ފުލުހުން އައިސް ގިނަ އިރުތަކެއް ވަންދެން ވާހަކަ ދެއްކުމަށްފަހު އެވެ. އޭނާ ގަހުން ފޭބުމުގެ ކުރިން ގިނަ އިތުރަކެއް ވަންދެން ގަހުގެ ގޮފި ގަނޑުމަތީ އޮތްކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
ވިލިމާލޭގައި ހުރި ބޮޑު ދެ ނިކަ ގަހުގެ މޫތަކުން ގެއްލުން ލިބޭތީ އެކަމުގެ ޝަކުވާ ބައެއް ރައްޔިތުން ހުށައެޅުމުން އެ ގަސްތައް ކަނޑާލަދޭން ސަރުކާރުން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވިލިމާލޭގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.