ޓެރަރިޒަމްގެ ތުހުމަތުގައި ފުލުހުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ކުއްޅަވައްގެ، އުމުރުން 25 އަހަރުގެ އަލީ ޖުމާން އެވެ. އޭނާ ބަންދު ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހާފަ އެވެ. މީ ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރުއެވެ. މީގެކުރިން އޭނާގެ ބަންދަށް ޖެހީ 12 ދުވަހެވެ.
ސޯޝަލް މީޑިއާގައި "ޑެތު" ގެ ނަމުގައި ހަރަކާތްތެރިވާ ޖުމާންއަކީ، މިދިޔަ މެއި މަހު އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކުރި މީހެކެވެ.
މީގެ އިތުރުން، ސަރުކާރުގެ މުހިންމު ތަންތަނުގައި ހުޅުޖެހުމަށް ހިތްވަރުދީ ވާހަކަދެއްކި މައްސަލައެއްގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ވެސް ދާދިފަހުން ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.