ads
ރަޔަންއެއާގެ ފްލައިޓްތަކަށް ޗެކްއިންވާ ގަޑި 60 މިނެޓަށް އަވަސްކޮށްފި
ދަތުރުވެރިންގެ ސަމާލުކަމަށް: ރަޔަންއެއާގެ ފްލައިޓްތަކަށް ޗެކްއިންވާ ގަޑި 60 މިނެޓަށް އަވަސްކޮށްފި
ޔޫރަޕުގެ އެންމެ ބޮޑު ބަޖެޓް އެއާލައިން، ރަޔަންއެއާ އިން ފްލައިޓްތަކަށް ޗެކްއިންވާ ގަޑިއަށް ބަދަލުތަކެއް ގެނެސް، އެކަން ފަސިންޖަރުންނަށް ރަސްމީކޮށް އަންގައިފި އެވެ.
Advertisement

އެ އެއާލައިނުން ފަސިންޖަރުންނަށް ފޮނުވި ރަސްމީ އެންގުމުގައިވާ ގޮތުން، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން، ރަޔަންއެއާ އިން ހިދުމަތްދޭ ހުރިހާ އެއާޕޯޓެއްގައިވެސް ބެގޭޖް ޑްރޮޕް ކައުންޓަރުތައް ބަންދުކުރާނީ ފްލައިޓް ފުރުމުގެ ސީދާ 60 މިނެޓު ކުރިންނެވެ. މީގެ ކުރިން އެ އެއާލައިނުން ބެގޭޖް ޑްރޮޕް ކައުންޓަރުތައް ބަންދުކުރަމުން ދިޔައީ ފްލައިޓް ފުރުމުގެ 40 މިނެޓު ކުރިންނެވެ.

މި ގެނެވުނު ބަދަލުގެ ސަބަބުން، ޗެކްއިން ކުރާ ބެގޭޖާއެކު ދަތުރުކުރާ ފަސިންޖަރުންނަށް ޗެކްއިންވުމަށް ލިބޭ ވަގުތުން 20 މިނެޓު އުނިވެގެންދާނެއެވެ. މި އާ ބަދަލަކީ އެއާލައިންގެ އޮޕަރޭޝަންތައް ކުރިއަށްދާ ހުރިހާ އެއާޕޯޓެއްގައިވެސް އެއްގޮތަކަށް އަމަލުކުރެވޭނެ ގަވާއިދެކެވެ.

ޔޫރަޕްގެ އެންމެ ބޮޑު ބަޖެޓް އެއާލައިން ކަމަށްވާ ރަޔަންއެއާ އިން ވަނީ، 2026 ވަނަ އަހަރުގެ ނޮވެމްބަރު 10 އިން ފެށިގެން އަމަލުކުރަން ހަމަޖެހިފައިވާ މި ބަދަލަށް އަހުލުވެރިވުމުގެ ގޮތުން ފަސިންޖަރުންނަށް ކުރިއާލައި މައުލޫމާތު ދީފައެވެ. އެހެންކަމުން ޗެކްއިން ކުރާ ފޮށިތަކާއެކު ދަތުރުކުރާ ފަރާތްތަކުން ފްލައިޓް ފުރުމުގެ 60 މިނެޓު ކުރިން ކައުންޓަރުތައް ބަންދުވާނެކަން ނޯޓުކުރަންޖެހެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް