ads
އިޓަލީން ދޭ އެންމެ މަތިވެރި ޝަރަފު މަހުދީގެ ނަމުގައި އާއިލާއަށް އެރުވުމުގެ ތެރެއިން
ޑައިވަރުން ހޯދަނިކޮށް ނިޔާވި މަހުދީއަށް، އިޓަލީން ދޭ އެންމެ މަތީ ޝަރަފު އަރުވައިފި
ވ. އަތޮޅުގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ ފަސް މީހުން ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް، މަރުވި ސިފައިންގެ ސާޖެންޓް ފަސްޓް ކުލާސް މުހައްމަދު މަހުދީގެ ހަނދާނަށް އިޓަލީގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި އެވެ.
Advertisement

މަހުދީއަށް އެ ޝަރަފު އެރުވީ، ރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ގައުމުގެ 80ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ހޮޓެލް ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އިޓަލީގައި ދޭ އެންމެ މަތީ ޝަރަފު 'ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ'  މަހުދީގެ އާއިލާއަށް ހަވާލުކޮށްދެއްވީ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އެވެ. މި ކަމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޗީފް އޮފް ޑިފެންސް ފޯސް އާއި ސިފައިންގޭގެ ވެރިން ބައިވެރިވެޑައިގަތެވެ. 

ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީއާއި މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އޭޖެންސީ ގުޅިގެން މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ފަންޑެއްވެސް ވަނީ ހުޅުވާފަ އެވެ. 

އަންނަ ޑިސެންބަރު 31ގެ ނިޔަލަށް މި ފަންޑަށް ފައިސާ ޖަމާކުރެވޭއިރު އެކަމަށް ހާއްސަ ބޭންކް އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އަދި އެ އެކައުންޓަށް ލިބޭ ހުރިހާ ފައިސާ ދިނުމަށް ނިންމާފައިވަނީ މަހުދީގެ ޝަރުއީ ވާރިސުންނަށްކަމަށް ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީއިން ވަނީ ބުނެފަ އެވެ. 

75%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް