ads
ޝާހު އަދި ސަލްމާން ހާން
ޝާހުރުކް ހާން އަބަދުވެސް ޒުވާންކަން މަތީ ލަހައްޓަވާތޯ ސަލްމާން ހާން ދުައާކޮށްފި
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ހާންގެ 61 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި، އޭނާއަކީ އަބަދުވެސް ޒުވާންކަންމަތީ ދެމިހުންނާނެ މީހެއްގެ ގޮތުގައި ލެހެއްޓެވުމަށް އެދި ބޮލީވުޑްގެ ތަރި ސަލްމާން ހާން ހާއްސަ ދުއާއެއް ކޮށްފިއެވެ.
Advertisement

ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު ފާހަގަކުރި ޝާހްރުކްގެ އުފަންދުވަހާ ގުޅިގެން ފިލްމީ ދާއިރާގެ ގިނަ އެކުވެރިންނާއި، ފަންނާނުންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުން ވަނީ ތަހުނިޔާ ފޮނުވާފައެވެ.

މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ސަލްމާން ހާން ވަނީ ޝާހްރުކްގެ ކުރިއަށް އޮތް ފިލްމު "ކިންގް" ގެ އެންމެ ފަހުގެ ލަވަ ކަމަށްވާ "ތޫ މިލް ޖާއޭ" ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ސަލްމާން މި ލަވަ ހިއްސާކޮށްފައިވަނީ އިންސްޓަގްރާމް ސްޓޯރީ މެދުވެރިކޮށެވެ.

ޝާހްރުކްގެ އުފަންދުވަހާ ގުޅުވައިގެން އޭނާގެ ސަޕޯޓަރުންނަށް ހާއްސަ ސަޕްރައިޒެއްގެ ގޮތުގައި ދޫކޮށްލި މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް އަދި އިނގިރޭސި ވިލާތުގެ ލަވަކިޔުންތެރިޔާ އެޑް ޝީރަންއެވެ. މި ލަވައަށް މިހާރުވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ޝާހްރުކްއަށް މުހާތަބުކޮށް ސަލްމާން ބުނީ "ދަ ކިންގް، ތިބާއަކީ އަބަދުވެސް ޒުވާންކަންމަތީ ދެމިހުންނާނެ މީހެއްގެ ގޮތުގައި ލެހެއްޓެވުމަކީ އަހަރެންގެ ދުއާ" ކަމަށެވެ.

ސަލްމާން ހާންގެ މި މެސެޖާ އެކު، ބޮލީވުޑްގެ ދެ ތަރިންގެ މެދުގައި އޮތް ގާތް އެކުވެރިކަން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށް ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ. އަދި އާ ފިލްމު "ކިންގް" އަށް ކުރެވޭ އިންތިޒާރުވެސް މިކަމުގެ ސަބަބުން ވަނީ އިތުރަށް ބޮޑުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް