ads
ފިންލޭންޑުން ސިލްގަލް މީހުންނަށް ހާއްސަ ދަތުރެއް
ލޯބިވެރިޔަކު ނެތް ނަމަ އަވަހަށް ކުރިމަތިލާ: ފިންލޭންޑުން ހުރިހާ ހަރަދަކާއެކު ހާއްސަ ދަތުރެއް
ލޯބިވެރިޔަކު ނެތް ނުވަތަ ހުސްހަށިބައި މީހުންނަށް އަމާޒުކޮށްގެން، ހުރިހާ ހަރަދެއް ހަމަޖެހިފައިވާ ހާއްސަ ދަތުރަކާއެކު ޑިނާ ޑޭޓެއްގައި ބައިވެރިވުމުގެ ފުރުސަތު ފިންލޭންޑްގެ ރަސްމީ ޓޫރިޒަމް ބޯޑު ކަމަށްވާ "ވިޒިޓް ފިންލޭންޑް" އިން ހުޅުވާލައިފިއެވެ.
Advertisement

 މި ދަތުރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ ސިންގަލް މީހުންނަށް ފިންލޭންޑްގެ ސަގާފަތާއި ކާނާ ތަޖުރިބާކޮށް، އެ ގައުމުގެ ރައްޔިތުންނާ އެކު ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

"ފިނިޝް ޑިނާ ޑޭޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕޭނުގެ ދަށުން، އިންޓަނޭޝަނަލް 16 މީހަކަށް ފިންލޭންޑަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެއެވެ. ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ދަތުރު އޮންނާނީ އަންނަ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި ދަތުރުގައި ބައިވެރިވާ މީހުންގެ ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުން ހިމެނޭހެން ހުރިހާ ހަރަދެއް ބަލަހައްޓާނީ ވިޒިޓް ފިންލޭންޑުންނެވެ.

މި ދަތުރުގެ ތެރޭގައި ފިންލޭންޑްގެ ހާއްސަ ކާނާގެ ބާވަތްތައް ތަޖުރިބާކުރުމާއި، ސަގާފީ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ދަތުރުގެ އެންމެ މުހިންމު އެއް ބަޔަކީ ހެލްސިންކީ ނުވަތަ ޓަމްޕެރޭގައި އެ ގައުމުގެ ހުސްހަށިބައި މީހުންނާ އެކު ބާއްވާ ހާއްސަ ގްރޫޕް ޑިނާއެއްގައި ބައިވެރިވުމެވެ. މިއީ އެކަނިވެރިކަން ފިލުވާލައި، އާ ރަހުމަތްތެރިންނާއި ލޯބި ހޯދުމަށް ލިބޭ ތަފާތު ތަޖުރިބާއެކެވެ.

މި ފުރުސަތަށް އެދި ކުރިމަތިލުމަށްޓަކައި، އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ކުރު ވީޑިއޯއެއް ހުށަހަޅަން ޖެހެއެވެ. އެ ވީޑިއޯގައި ހިމަނަން ޖެހެނީ ޑިނާ ޑޭޓަކަށް ތައްޔާރުކުރާނީ ކޮން ކާނާއެއް ކަމާއި، އެ ކާނާ ހިޔާރުކުރި ސަބަބެވެ. މީގެ އިތުރުން ރަސްމީ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ފޯމު ފުރިހަމަކުރަން ޖެހޭނެ ކަމަށް އިންތިޒާމުކުރާ ފަރާތުން ބުންޏެވެ.

މި ކެމްޕޭނަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ފިންލޭންޑް ގަޑިން މެންދުރު 11:59 އެވެ. މި ދަތުރުން ހަޔާތުގެ ބައިވެރިއަކު ނުފެނުނު ކަމުގައި ވިޔަސް، މިއީ ހަނދާނުން ފޮހެލަން ދަތި މަޖާ އަދި ތަފާތު ތަޖުރިބާއަކަށް ވެގެންދާނެ ކަމަށް ވިޒިޓް ފިންލޭންޑުން ފާހަގަކުރެއެވެ.

80%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް