ads
މުހައްމަދު ސައީދު
ސައީދަށް ފުރިހަމަ އިތުބާރު އެބޮއޮތްކަމަށް މަޖިލީހުން ފާސްކޮށްފި
އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދަށް ފުރިހަމަ އިތުބާރު އެބަ އޮތްކަމަށް ރައްޔިތުން މަޖިލީހުގެ ޕީއެންސީ މެމްބަރުން ފާސްކޮށްފި އެވެ.
Advertisement

އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުންނެވެ.

މި މައްސަލާގައި ނެގި ވޯޓުގައި މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި ޕީއެންސީގެ 54 މެމްބަރުން ވޯޓު ދެއްވީ މިނިސްޓަރު މުހައްމަދު ސައީދަށް ފުރިހަމަ އިތުބާރު އެބަ އޮތްކަމަށެވެ. އިތުބާރު ނެތްކަމަށް ވޯޓް ދެއްވީ އެމްޑީޕީގެ 10 މެމްބަރުން އެކަނި އެވެ. 

އިތުބާރު ނެތްކަމަށް ހުށައެޅި މައްސަލާގައި ޖަވާބުދާރީވަމުން މިނިސްޓަރު ސައީދު ވަނީ އިދިކޮޅު އެމްޑީޕީން ކުރި ހުރިހާ ތުމަތުތަކެއް ދޮގުުރައްވާފަ އެވެ. އެގޮތުން ޑޮލަރު ދަތިވެ ތަކެތީގެ އަގު ބޮޑުވެފައިވާކަމަށް ކުރި ތުހުމަތުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިދިޔަ ދަރުކާރުގެ ފަސް އަގަރު ދުވަހު ދޫކުރި ޑޮލަރަށްވުރެ 100 އިންސައްތަ އިތުރަށް މި ސަރުކާރުގެ މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރަސްމީ ރޭޓްގައި ޑޮލަރު ދޫކޮށްފައިވާކަމަށެވެ. 

މީގެއިތުރުން ކާބޯތަކެތީގެ އަސާސީ ލިސެޓެއް ސަރުކާރުން އެކުލަވާލާ އެތަކެތި ދަތިކަމެއް ނެތި ރައްޔިތުންނަށް ލިބެމުން އަންނަކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. އަދި ބަންކަރިން ހިދުމަތުން މިހާތަނަށް 1.39 ބިލިއަން ރުފިޔާ ހޯދާފައިވާކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ. 

އަދި ރާއްޖެއަށް ފޮރިން އިންވެސްޓްމަންޓްތައް ގެނައުމުގައިވެސް މި ސަރުކާރުން ރިކޯޑް ހަދާފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އަދި ތިން އަހަރު ނުވާ މި ސަރުކާރުން މިހާތަނަށް 313 ފޮރިން އިންވެސްޓްމަންޓް ރާއްޖެ ގެނެސްފައިވާކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް