ads
މާލޭ ސިޓީ ކައުންސިލްގެ ބިންތައް އަތުލުމުން ހުށައެޅި ގަރާރު ބޭރުކޮށްލައިފި
މާލޭ ސިޓީ ކައުންސިލްގެ ދަށުގައި އޮތް 14 ބިމެއް ކައުންސިލްގެ އިހްތިސާސުން ވަކިކޮށް، ދައުލަތުން އަތުލި މައްސަލާގައި ރައްޔިތުން މަޖިލިހަށް ހުށައެޅި ގަރާރރު ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލްގެ ސާދަ ބިމެއް ކައުންސިލްގެ އިހްތިސާސުން ވަކިކޮށ،ް ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައަޅަން ސަރުކާރުން ނިންމެވި ނިންމެވުމާމެދ،ު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި މަޖިލިހަށް ގަރާރެއް ހުށައެޅީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހްމަދު ނަސީމް އެވެ. 

މި ގަރާރު މަޖިލީހުން ބޭރުކޮށްލީ ދާދިފަހުން މަޖލިޙުގެ ގަވައިދަށް ޕީއެންސީ މެމްބަރުން ގެނައި އިސްލާހުގެ ދަށުން ނެވެ. އެގޮތުން އަލަސް ގެނައި އިސްލާހުގައި ބުނެފއިވަނީ މަޖިލިހަށް ހުށައަޅާ ގަރާރަކަށް މަޖލީހުގައި ބަހުސްކުރުމުގެ ކުރިން އެ ގަރާރު މަޖިލިހަށް ބަލއިގަންނަން ފެނޭތޯ ވޯޓަށް އަހަން  ޖެހޭނެކަމަށެވެ. 

މީކާއިލް ހުށައެޅުއްވި ގަރާރު މަޖިލިހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމުން ޕީއެންސީގެ 54 މެމްބަރުން ވޯޓް ދެއްވީ އެ ގަރާރު މަޖިލީހުން ބޭރުކޮށްލުމަށެވެ. ގަރާރު ބަލައިގަންނަން ވޯޓް ދެއްވީ އެމްޑީޕީގެ 10 މެމްބަރުންނެވެ. 

ސިޓީ ކައުންސިލްގެ ދަށުގައި އޮތް 14 ބިމެއް ކައުންސިލްގެ އިހްތިސާސުން ވަކިކޮށް، ދައުލަތުން އަތުލި މައްސަަލަ މާލޭ ސިޓީން ކައުންސިލުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށައަަޅައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް