ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ.
އެމެރިކާއިން އިސްރާއީލަށް ފައިސާ ދިނުން ހުއްޓާލަނީ!
މި ހިނގާ އަހަރު ނިމުމަށް ފަހު، އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދެމުން އަންނަ މާލީ އެހީތައް ދިނުން ހުއްޓާލުމަށް އިސްރާއީލުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
Advertisement

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ސީދާ މާލީ އެހީތެރިކަން ދިނުން ހުއްޓާލި ނަމަވެސް، އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ވިއްކުން ކުރިއަށް ގެންދާނެ ކަމަށެވެ.

"އިޒްރޭލަށް އަހަރަކު 4 ބިލިއަން ޑޮލަރު ދިނުމަށް ބީބީ ނަތަންޔާހޫއާ އެކު އަޅުގަނޑު އެއްބަސްވުމެއް އެކުލަވައިލިން. އަދި އެ އެހީ ހުއްޓާލުމަށް މީގެ މަސްތަކެއް ކުރިން އަޅުގަނޑުމެން ވާނީ އެއްބަސްވެފައި،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މި ނިންމުން ނިންމަން ޖެހުނު މައިގަނޑު ސަބަބަކީ އެމެރިކާގެ މިޑްޓާމް އިންތިހާބާ ދިމާކޮށް ޑިމޮކްރެޓުންގެ ވާތު ފިޔައިގެ ކެންޑިޑޭޓް އަބްދުލް އަލް-ސައީދު ފަދަ ބޭފުޅުން އިޒްރޭލާ ދެކޮޅަށް ވާހަކަ ދައްކަމުން ދިއުމެވެ.

އެމެރިކާއިން އިސްރާއީލަށް އަހަރަކު 4 ބިލިޔަން އެމެރިކާ ޑޮލަރު ދެމުން ދިޔަ އެވެ. މި އެހީ މެދުކަނޑާލުމަށް ހުށަހެޅި ހުށަހެޅުމަކީ، ދެ ގައުމުގެ ދެމެދުގައި ގާތް އަސްކަރީ ގުޅުމެއް އޮތް ނަމަވެސް، އިޒްރޭލަށް އެމެރިކާއިން ދޭ އެހީތެރިކަމަށް އަންނާނެ ވަރަށް ބޮޑު ބަދަލެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް