ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތޮތްޕެއް އަޅުއްވައިގެން ފެންގަނޑެއް ކައިރިން ހިންގަވާފައި ވަޑައިގަންނަވަނީ -
އެމެރިކާގެ މިޑްޓާމް އިންތިހާބު: ގާނޫނު ހަދާ މަޖިލީހުގެ ދެ ގެ ވެސް ޓްރަމްޕަށް ގެއްލިއްޖެ
އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ މިޑްޓާމް އިންތިހާބުގެ ވޯޓުލުން ނިމި، ވޯޓު ގުނުމުގެ މަސައްކަތް ފަށައިފި އެވެ.
Advertisement

އެންބީސީ ނިއުސްގެ ދިރާސާތަކުން ދައްކާ ގޮތުގައި، ޑިމޮކްރެޓުން ގާތްގަނޑަކަށް 248 ގޮނޑި ކާމިޔާބު ކުރާނެއެވެ. މިއީ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ 218 ގޮނޑިއަށް ވުރެ މާ މަތީ އަދަދެކެވެ. ނަމަވެސް، ސެނެޓްގެ އަޣުލަބިއްޔަތު ލިބެނީ ކޮން ޕާޓީއަކަށް ކަމެއް އެންބީސީން އަދި ކަނޑައެއް ނާޅަ އެވެ.

ހައުސްގެ އަޣުލަބިއްޔަތު އަނބުރާ ހޯދުމަށް ޑިމޮކްރެޓުންނަށް ބޭނުންވީ އިތުރު ތިން ގޮނޑިއެވެ. އެހެން ނަމަވެސް، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ކާމިޔާބު ކުރެއްވި ގިނަ ދާއިރާތަކެއް ހިމެނޭހެން، ރިޕަބްލިކަން ޕާޓީގެ ގިނަ ގޮނޑިތަކެއް ޑިމޮކްރެޓުން ވަނީ ފުރޮޅާލާފަ އެވެ.

އުމުރުން 80 އަހަރުގެ ޓްރަމްޕް ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އޭނާގެ ސަރުކާރުން އެމެރިކާގެ ބާރު ގަދަކޮށްފި ކަމަށާއި، ނަމަވެސް ދެ އަހަރު ކުރިން ގައުމުގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އަދި އިދިކޮޅު މަޖިލީހެއް އަތުވެއްޖެ ނަމަ، ހުރިހާ ކަމެއް ވީޓޯ ކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު، ފަހުން ޑިމޮކްރެޓުންނާ އެކު އެއްބަސްވުންތަކަކަށް ވަޑައިގެންފާނެ ކަމުގެ އިޝާރާތެއް ވެސް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

މި އިންތިހާބުގައި ޑިމޮކްރެޓުން ހޯދި ބޮޑު ކާމިޔާބީއަކީ ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށް ރައްޔިތުން ނެރުނު ވަރުގަދަ ނިންމުމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ. އޭގެ ތެރޭގައި އިމިގްރޭޝަނާ ދެކޮޅަށް ގެންގުޅުނު ހަރުކަށި ސިޔާސަތުތަކާއި، އަށް މަސް ދުވަހަށް ދެމިގެންދިޔަ އީރާނު ހަނގުރާމައާއި، އަދި އެމެރިކާގެ އެކުވެރި ގައުމުތަކުން އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑުކުރުމުގެ ސަބަބުން ތެލާއި ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ދިޔުން ހިމެނެ އެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މީހުން އެންމެ ބޮޑަށް ބަލާފައިވަނީ ދިރިއުޅުމުގެ ހަރަދުތަކާއި، އިންފްލޭޝަން އަދި ހިޖުރަކުރުމުގެ މައްސަލަތަކަށެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެސް އެންމެ ހަރަދު ބޮޑު މިޑްޓާމް އިންތިހާބަށް ވާނެ ކަމަށް ބެލެވިފައިވާއިރު، ކެމްޕޭނުތަކަށް އެކަނި ވެސް 12 ބިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ.

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް