ads
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގެ ތެރެއިން ނޮވްމެބަރު ތިނެއްގެ އައްޑަނަ އަރުވަނީ
ނޮވެމްބަރު ތިނެއްގެ އައްޑަނަ ފަސް ބޭފުޅަކަށް އަރުވައިފި
ނޮވެންބަރު 3ގެ އައްޑަނަ ފަސްބޭފުޅަކަށް އަރުވައިފިއެވެ.
Advertisement

އެބޭފުޅުންނަށް އައްޑަނަ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުހައްމަދު މުއިއްޒުއެވެ.

ނޮވެންބަރު 3 ގެ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހުގެ އުދުވާނީ ހަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި 5 ބޭފުޅުން ކަމުގައިވާ ސާޖެންޓް ފަސްޓްކްލާސް (ރިޓަޔާޑް) އިބްރާހީމް ޝަރީފާއި، ސްޓާފް ސާޖެންޓް (ރިޓަޔާޑް) ހުސައިން އަލީއާއި، ސާޖެންޓް (ރިޓަޔާޑް) ހުސައިން މަނިކާއި، ކޯޕްރަލް (ރިޓަޔާޑް) ޢަބްދުﷲ ނަސީމާއި، ލާންސް ކޯޕްރަލް (ރިޓަޔާޑް) އަބްދުﷲ މުފީދެވެ.

މީގެ އިތުރުން މި ޖަލްސާގައި، ނޮވެންބަރު 3 ގެ ހުށަހެޅުން "ލޭގެ ޖިހާދު" ގެ ނަމުގައި، ދިވެހި ސިފައިން ތަމްސީލެއް ހުށަހަޅައި ދެއްވިއެވެ. ރޭގެ ޖަލްސާގައި ދިވެހި ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރެދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުހައްމަދު މުއިއްޒު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް