އެމަނިކުފާނު މިހެން ވިދާޅުވީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދިވެހި ރައްޔިތުންނާއި މުހާތާބުކޮށް ވާހަކަ ދައްކަވަމުން ނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ގައުމެއް މިނިވަންކަމުގައި އޮތުމުގައި އެއް އަސާސަކީ އެއްވެސް ބައެއްގެ ދަރަނޫގައި ތާށިނުވެ އިގްތިސާދީ ގޮތުން ވަރަށް ގަދަވުންކަމަށެވެ. އެގޮތުން ހަތިޔާރުގެ އަޅުވެތިކަމުން އެ ދުވަހު ދިވެހީން މި ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ވެސް ދިވެހި ޤައުމު މިނިވަންކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޤައުމެއްގެ އަމިއްލަ ބަސް ބުނެވެނީ، އަދި އަމިއްލަ ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރި ކުރެވެނީ، އެ ޤައުމެއްގައި ސަލާންޖަހަން ނުޖެހޭ އިޤުތިސާދަކަށް ފުރާނައެޅުވިފައި އޮވެގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތައް މިނިވަންކަމާއި އެކު ކުރިއަރާދާ މަންޒަރު ހަމައެކަނި ބަލަން ނުތިބެ އަމިައްލަ ކުރި އެރުމާއި މެދުވެސްް ވިސްނަން ޖެހޭކަމަށް ރައީސް މުއިއއްޒު ވިދާޅުވި އެވެ. އެގޮތުން ގައުމިއްޔަތާއި މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގަށް ކުޑަވެސް ހީނަރުކަމެއް ނާންނާކަން ކަށަވަރުވާނޭ ގޮތަށް ގައުމުގެ މުޅި މާލިއްޔަތަށް އޭގެ ހެޔޮ އަސަރުކުރާނެ އިންގިލާބީ ބަދަލުތަކާއި ކުރިމަތިލާންޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ދިވެހިންގެ ދީނާ މިނިވަންކަމަށް އެއްވެސް އުނިކަމެއް އަންނާނެކަމަށް އެކަނިކުފާނު ނުކުރައްވާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނި،ުފާނު އަޅުއްވާ ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމަވާނީ ދިވެހި ޤައުމީ އެންމެހާ ބަހާތަކަށް ފުރިހަމަ ދިރުމާއި އާރޯކަމާއި ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކާއިކަމަށެވެ.