މިއަދު ފާހަގަކުރަނުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެެއެއްގައި ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ނަސްުރުގެ ދުވަސް ފާހަގަކުރަމުން އަންނަ އިރު ސިފައިން ގައުމަށްޓަކައި ވި ގުރުބާނީ ތަކުން ފިލާވަޅު ލިބިގަންނަން ރައީސް އެދިވަޑައިގަންފަ އެވެ.
ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި އާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.
ނޮވެމްބަރު 3ގެ ހަމަލާދިނުމުގައި އެންމެ އިސްކޮށް ތިބި ހާޖަރާގޭ އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރު ހައްޔަރުކޮށް އެމީހުންގެ މައްޗަށް އޭރުގެ އެންމެ މަތީ ކޯޓު، ހައި ކޯޓުން، މެރުމުގެ ހުކުމް އިއްވިއެވެ. އެހެންނަމަވެސް އޭރުގެ ގާނޫނު އަސާސީން އޭރުގެ ރައީސް މައުމޫމަށް ލިބިދޭ ބާރުގެ ދަށުން، އެ ހުކުމް ބަދަލުކުރެއްވީ އުމުރު ދުވަހުގެ ޖަލު ހުކުމަަކަށެވެ. އެއީ 25 އަހަރެވެ. އެ އެންމެންވެސް މިހާރު ވަނީ މިނިވަންވެފަ އެވެ.